މޯލްޑިވްސް ބްލަޑް ސަރވިސް (އެމްބީއެސް) އިން ތެލެސީމިއާ ޑިޖިޓަލް ކާޑެއް ތަޢާރަފުކޮށްފިއެވެ.
މިއީ ލޭގެ ބަލިތަކަށް ޚާއްޞަ ވަށާޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކުރުމަށް މަރުޙަލާތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ގެނައި ބަދަލެކެވެ.
މި ބަދަލާއެކު މީގެ ކުރިން ބޭނުންކުރަމުން އައި ޕްރިންޓް ކާޑުގެ ބަދަލުގައި، ތެލެސީމިއާ ކެރިއަރެއްކަން ނުވަތަ ނޫންކަން އަންގައިދޭ ހަތް ބާވަތެއްގެ ޑިޖިޓަލް ކާޑު ދޫކުރާނެ ކަމަށް އެމްބީއެސްއިން ބުނެއެވެ.
އަދި މި ކާޑުގެ ޞައްޙަކަން ކަށަވަރުކުރުމަށް ޚާއްޞަ ކިއުއާރު ކޯޑެއް ހިމަނާފައިވާއިރު، އެ ކޯޑު މެދުވެރިކޮށް ޢާއިލާ ރޭވުމުގައި ބޭނުންވާ މުހިންމު އިރުޝާދުތަކާއި މަޢުލޫމާތު ފަސޭހައިން ލިބޭނެއެވެ.
މި ވަގުތު މި ކާޑުތައް ލިބެން ހުންނާނީ ވަޓްސްއެޕާއި އީމެއިލް މެދުވެރިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު