ދައުލަތަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ފައިސާ ނުދައްކާ 25 ފަރާތެއްގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު އާންމުކޮށްފިއެވެ.
މި ފަރާތްތަކުގެ މައުލޫމާތު މީރާގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައި ވަނީ ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުންނެވެ.
މިގޮތުން ހާމަކޮށްފައިވަނީ 2024 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރާއި، 2024 ޑިސެންބަރުން ފެށިގެން 2026 ޖޫންގެ ނިޔަލަށް އާންމު ދާއިރާގެ ޖީއެސްޓީގެ ގޮތުން އެއް މިލިއަން ރުފިޔާއަށް ވުރެ ގިނައިން ނުދައްކާ ތިބި ފަރާތްތަކުގެ މަޢުލޫމާތެވެ.
އޭގެ ތެރޭގައި އިމާރާތްކުރުމުގެ ދާއިރާ އާއި، މީޑިއާގެ އިތުރުން ހާޑްވެއަރ ވިޔަފާރިތައް ހިމެނެއެވެ.
މި ފަރާތްތަކުގެ ނަންތައް އާންމުކުރުމުގެ ކުރިން ފޯނުން ގުޅައި، ޓެކުހާ ގުޅޭ ޤާނޫނީ ފިޔަވަޅުތަކުގެ މަޢުލޫމާތު ދީ، އެސްއެމްއެސްގެ ޒަރިއްޔާއިން ވެސް އެކަން ހަނދާންކޮށްދީފައިވާނެ ކަމަށް މީރާއިން ބުނެއެވެ.
ނަމަވެސް އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާފައި ނުވާތީ، އުސޫލާ އެއްގޮތަށް ނަންތައް އާންމުކުރީ ކަމަށާއި، ދައުލަތަށް ލިބެންޖެހޭ ޓެކުހުގެ ފައިސާ ހޯދުމަށް މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެއްވެސް ތަފާތުކުރުމެއް ނެތި ކުރިއަށްގެންދާނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު