ޑރ. ނިއުމާ
ޑރ. ނިއުމާ
ކުޑަކުދިންގެ ލޮލުގެ ބަލިތަކަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު އައިޖީއެމްއެޗްއާ ގުޅިވަޑައިގެންފިއެވެ.

ޑރ. ފާތިމަތު ނިއުމާ އަހުމަދު އަހުމަދު އައިޖީއެމްއެޗްއާ ގުޅިވަޑައިގަތުމާ ގުޅިގެން އައިޖީއެމްއެޗްއިން ވަނީ ސޯޝަލް މީޑިއާގައި އޭނާއަށް މަރުހަބާ ކިޔައިފައެވެ.

ނިއުމާ ސްޕެޝަލައިޒްވެވަޑައިގަތީ ޕީޑިއެޓްރިކް އޮފްތޮމޮލޮޖީ އެންޑް ސްޓްރެބިސްމޮލޮޖީއިންއެވެ.

"ނިއުމާގެ އިލްމީ ތަޖުރިބާގެ އަލީގައި ބަލިމީހުންނާއި ކޮމިއުނިޓީއަށް ވަރަށް ބޮޑަށް ފައިދާކުރާނެ" އައިޖީއެމްއެޗްއިން ބުންޏެވެ.

ޑރ. ނިއުމާ ޕީޑިއެޓްރިކް އޮފްތޮމޮލޮޖީ އެންޑް ސްޓްރެބިސްމޮލޮޖީއިން ޝްޕެޝަލައިޒްވެވަޑައިގެންނެވީ މެލޭޝިއާގެ ޔުނިވާސިޓީ އޮފް މަލާޔާ މެޑިކަލް ސެންޓަރުންނެވެ.

އޭގެ ކުރިން އޭނާ ވަނީ ހަމަ އެ ޔުނިވާސިޓީގައި އޮޕްތޮމޮލޮޖީއިން ސްޕެޝަލައިޒްވެވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު