ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު
ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު
ދައުލަތުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް ކަނޑައެޅި އެއް ބިލިއަން ރުފިޔާއަށްވުރެ މާ ބޮޑު މިންވަރެއް، ސަރުކާރުން ގެނައި އާ ސިޔާސަތުތަކާއި ފައިނޭންސިން މޮޑެލްތަކުގެ އެހީގައި ރައްޔިތުންނަށް ހޯދައިދެވިފައިވާ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މެންބަރު ވަނީ، 29 އޮކްޓޫބަރުގައި ފިނޭންސް މިނިސްޓްރީން ނެރުނު ރިޕޯޓާ ހަވާލާދީ، މިއަހަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކަނޑައެޅި އެއް ބިލިއަން ރުފިޔާގެ ތެރެއިން އެ ތާރީހާ ހަމައަށް ހަރަދު ކުރެވިފައިވަނީ 364 މިލިއަން ރުފިޔާ ކަމަށާއި، އަހަރު ނިމެން މަސް ދުވަހަށް ވެފައިވާއިރު ބާކީ ހުރި 719 މިލިއަން ރުފިޔާ ހަރަދުކުރަން ރާވާފައިވަނީ ކޮން މަޝްރޫއުތަކަކަށްތޯ ސުވާލު ކުރައްވާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ބަޖެޓުން ސީދާ ބޮޑެތި ހަރަދުތަކެއް ކުރުމުގެ ބަދަލުގައި، މާލީ އިދާރާތަކާ ގުޅިގެން ދެމެހެއްޓެނިވި އަދި އާ ގޮތްތައް ހޯދައިގެން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދީފައިވާ ކަމަށެވެ.

އެގޮތުން ހިޔާވެހި ފައިނޭންސިން ސްކީމުގެ ދަށުން އެކަނިވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް 1.1 ބިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށް ދެވިފައިވާ ކަމަށާއި، އެ ސްކީމުގައި ބަޖެޓުން ހަރަދުކުރަނީ މުޅި ލޯނުގެ އަދަދަށް ނޫން، ހަމައެކަނި އިންޓްރެސްޓް ރޭޓް ސަބްސިޑައިޒް ކުރުމަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވާއިދަށް ގެނައި ބަދަލާއެކު ބޭންކުތަކުން ދޫކުރާ ފައިސާގެ ވަކި މިންވަރެއް ފަސް އިންސައްތަ އިންޓްރެސްޓުގައި ބޯހިޔާވަހިކަމަށް ހާއްސަ ކުރަންޖެހޭ އުސޫލުގެ ދަށުން، ބީއެމްއެލްއިން 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ ކަމަށާއި، ބަޖެޓުން ސީދާ ހަރަދުނުކުރި ނަމަވެސް ސިޔާސަތުތަކަށް ގެނައި ބަދަލުތަކާއެކު ބޯހިޔާވަހިކަމުގެ ގިނަ ފުރުސަތުތަކެއް ރައްޔިތުންނަށް ހޯދައިދެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް