އަހުމަދު މަސްނޫމް   21 ނޮވެމްބަރު 2020 - 15:45
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރި ކޮމިޓީގެ ރިޕޯޓް މާދަމާ ތަޅުމަށް ފޮނުވާނޭކަމަށް ބަޖެޓް ދިރާސާކުރައްވާ ކޮމިޓީގެ މުޤައްރިރު ވިދާޅުވެއްޖެއެވެ.

ބަޖެޓް ދިރާސާކުރައްވާ ކޮމިޓީގެ މުޤައްރިރު ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވީ މިހާރު ކޮމިޓީގައި ކުރިއަށްދަނީ މަޖިލީހުގެ ތަޅުމުގައި މެމްބަރުން ފާޅުކުރެއްވި ޚިޔާލްތަކާއި، ހުށަހެޅުއްވި ކަންކަން ބަޖެޓުގައި ހިމެނުމާއިމެދު ކުރެވޭ މަޝްވަރާތައްކަމަށެވެ. މިމަސައްކަތް މިރޭގެ ނިޔަލަށް ނިންމާ، ބަޖެޓަށް ގެންނަންޖެހޭ ބަދަލުތަކާއެކު މާދަމާ ތަޅުމަށް ފޮނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، މަޖިލީހުގައި ކުރިއަށްދިޔަ ބަޖެޓް ބަހުސް ނިންމާލާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެރޭގައެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށައެޅި 34.8 ބިލިއަން ރުފިޔާގެ ބަޖެޓަށް ވާހަކަ ދެއްކެވި މެމްބަރުން ވަނީ ފޯރިގަދަ ބަހުސެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ސަރުކާރުގެ ދަރަނީގެ ވާހަކަަތަކާއި، ބަޖެޓުން ކަމެއް ހާސިލުނުވާ ވާހަކަތައް އިދިކޮޅު މެމްބަރުން ފާހަގަކުރެއްވިއިރު، ސަރުކާރުގެ މެމްބަރުން ވަނީ ކުރީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ބަޖެޓަށް ބުރަބޮޑުވެފައިވާކަމަށް ވިދާޅުވެފައެވެ.

ބަޖެޓް ބަހުސްގެ ތެރެއިން ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ ސަރުކާރަށްވެސް ފާޑު ކިޔާފައެވެ. އެގޮތުން ބައެއް ވަޒީރުންނަށް މެމްބަރުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން