ޖޭޕީ ނައިބް ރައީސް އަހުމަދު ސައުދު
ޖޭޕީ ނައިބް ރައީސް އަހުމަދު ސައުދު
ރާއްޖެއަށް ބޭނުންވާ ވަރަށް ކޮވިޑް 19ގެ ވެކްސިން ބޭރުގެ އެކިއެކި ޖަމިއްޔާތަކާއި އެކުވެރި ގައުމުތަކުން ހުރީ ގަނެދީފައި ކަމަށް ވިދާޅުވެ މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ރައްދު ދެއްވުމުން ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް އަހުމަދު ސައުދުގެ ހޫނު ބަހުގެ ހަމަލާއެއް އޭނާއަށް އަމާޒުވެއްޖެއެވެ.

ލާމު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ގަމަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ސަރުކާރުން ހިލޭ ވެކްސިން ފޯރުކޮށްދޭނެ ކަމަށެވެ.

އެއާއެކު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސްގެ އެވާހަކަފުޅަށް ރައްދު ދެއްވައި، ސައީދު ވިދާޅުވީ، ކޮވިޑްގެ ވެކްސިން ހިލޭ ގަނެދޭނެ ކަމަށް ބުނެ ރައީސް ސޯލިހު ހެއްދެވީ އިތުރުފުޅެއް ކަމަށާއި ކޮވިޑްގެ ވެކްސިން ހުރީ އެކުވެރި ގައުމުތަކާއި ޖަމިއްޔާތަކުން ދިވެހި ރައްޔިތުންނަށްޓަކައި ގަނެދީފައި ކަމަށެވެ.

"މިއަދު ލާމު އަތޮޅަށް ގޮސް އެއްވެސް ކަހަލަ ހިތުގައި ލަދެއްގެ ކަންފުޅެއް ހުރިނަމަވެސް ވިދާޅެއް ނުވާނެ ކޮވިޑްގެ ވެކްސިނަށް ހަދާނެ ގޮތް. ކޮވިޑްގެ ވެކްސިން ހުރީ ޔޫރަޕިއަން ޔުނިއަންއާއި އަޅުގަނޑުމެންގެ އެކުވެރި ގައުމުތަކުން ދިވެހި ރައްޔިތުންނަށްޓަކައި ގަނެދީފައި ހުރީ.. ހިލޭ ދީފަ ހުރީ، އެއީ ރައީސް ސޯލިހު ދެއްވާ އެއްޗެއް ނޫން. ކޮން ބަޔަކަށް އޮޅުވާލަންތޯ މިއުޅެނީ؟" ސައީދު ވިދާޅުވިއެވެ.

ސައީދަށް ރައްދުދެއްވަމުން ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް ސައުދު ވިދާޅުވީ، ކޮންމެ ބަޔަކު ފައިސާ ދިނަސް، ﷲގެ އިރާދަފުޅާއެކު ރައްޔިތުންނަށް ހިލޭ ވެކްސިން ލިބޭނެ ކަމަށެވެ. އަދި އޭގައި މައްސަލައަކީ ކޮބައިތޯ ސައުދު ސުވާލުކުރެއްވިއެވެ.

ސައުދު އިތުރަށް ވިދާޅުވީ، މިއީ ބޭރުގެ ގައުމުތަކާ ގުޅުން ބަދަހި ސަރުކާރެއް ކަމަށާއި އެފެންނަނީ ހާރިޖީ ވަޒީރުގެ ގާބިލިއްޔަތުކަމާއި ރައީސްގެ ވިސްނުންތެރިކަން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


10

އ. ސަޢީދު

07-Dec-2020

ފިނިފެންމާ ތިއާލާތުންޔޫރަޕިއަންޔުނިއަނޭއެކުވެރިގައުމުތަކޭކިޔަންލަދުނުގަނޭތަ އެތަންތަނާގުޅުންކަޑާލާދިވެހިދައުލަތުގެޚަޒާނާފޮހެލާފައަރާހުރެމުންޖޭކިޔަސްތިވާހަކައަޑުއަހާޝިރުކުގެބައިގަނޑުއެކަނި ޚުދުކަލެޔަކީވެސްﷲޝިރުކުކުރިވަގުކަލޭގެއަށްތާއީދުކުރާމުނާފިގެއް


-10

ޙަސަން ނިހާދު

07-Dec-2020

މިއީ ރައިސް އިބްރާހިމް ސޯލިހުއް ކުރަން ޖެހޭނެއް ކަމެއް ވިސްނުންފުޅުއް ހުރެގެން ނޫން މިޔަދު އަޅުގަނޑު ދެރައް ވޭ މި ސަރުކާރުން ކުރާ ކަމަކާ ހޯދާ އެހީގެ ފައިދާ ރައްޔިތުންނަ ނުކުރާތިއް ސައުދު މީހުންނަ ރައްދު ދޭން ވާނީ މި ސަރުކާރުން ރައްޔިތުންނައް ފައިދާއެއް ކުރާ ނަމައް


1

ޙަސަންފުތު

07-Dec-2020

ޙާރިޖީ ގުޅުންތހަކުން ރަތްޔިތުންނައް ފައިދާވިކަމައްވާނީ ގައުމުގެ ހަޒާނާ ލޫޓުވައި ލައިގެން ޖަލުގައި އޮތީމަ ދެެްތޯ



ޓްރެންޑިން