ރާއްޖެއިން ޗައިނާގެ 3 ބޭންކަކަށް މިމަހު ދައްކަންޖެހޭ ދަރަނީގެ ލިސްޓެއް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހާމަކުރަށްވައިފިއެވެ.
ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ރާއްޖެއިން ޗައިނާގެ ބޭންކްތަކަށް 15 މިލިއަން ޑޮލަރު ދައްކަން ނުޖެހޭ ކަމަށް ޗައިނާ ބޭންކްތަކުން ބުނެފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޒާން ލިއޮން ވަނީ ވިދާޅުވެފައެވެ. އަދި ޗައިނާއަށް ރާއްޖެއިން މިމަހު ދައްކަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވާ ޢަދަދުތަކަކީ ރަނގަޅުޢަދަދުތަކެއް ނޫން ކަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ޗައިނާ ސަފީރާއި، ރައީސް ނަޝީދާއި ދެމެދު ކުރެވެމުންދާ ބަހުސްގެ ތެރެއަށް ވަދެވަޑައިގެން މެމްބަރު ބޮންޑޭ ވަނީ ރާއްޖެއިން ޗައިނާގެ 3 ބޭންކަކަށް މި މަހު ދައްކަންޖެހޭ ކަމަށް ބުނާ ދަރަނީގެ ލިސްޓެއް ހާމަކުރަށްވާފައެވެ. އެގޮތުން ރާއްޖެއިން ޗައިނާއަށް މިމަހު ދައްކަންޖެހޭ ޖުމްލަ ޢަދަދަކީ 7.23 މިލިއަން ޑޮލަރެވެ.
އެ ލިސްޓުގައިވާ ގޮތުން ރާއްޖެއިން ޗައިނާގެ ބޭންކްތަކަށް ދައްކަން ޖެހިފައިވަނީ، ސްޓެލްކޯ ފިފްތް ޕަވަރ ޑެވެލޮޕްމަންޓް ޕްރޮޖެކްޓަށް ޗައިނާގެ އެކްޕޯޓް އިމްޕޯޓް ބޭންކުން ނަގާފައިވާ ލޯނަކަށް ދައްކަންޖެހޭ 3.14 މިލިއަން ޑޮލަރާއި، ހުޅުމާލެ ފޭސް 2 ގައި 1530 ހައުސިންގ ޔުނިޓް އެޅުމަށް ޗައިނާ ޑެވެލޮޕްމަންޓް ބޭންކާއި، ސޭލާ ބޭންކުން ނަގާފައިވާ ލޯނަށް ދައްކަން ޖެހޭ 2.37 މިލިއަން ޑޮލަރާއި، ހުޅުލެ އާއި ހުޅުމާލެ ގުޅާލާ މަގުގެ މަސައްކަތަށް އިންޑަސްޓްރިއަލް އެންޑް ކޮމާޝިއަލް ބޭންކް އޮފް ޗައިނާ އިން ނަގާފައިވާ ލޯނަށް ދައްކަން ޖެހޭ 1.71 މިލިއަން ޑޮލަރެވެ.
މީގެ އިތުރުންވެސް ދިވެހި ސަރުކާރުން އެހެން ފަރާތްތަކަށް މިމަސް ތެރޭގައި ދައްކަންޖެހޭ ދަރަނީގެ ޢަދަދުތައް އެ ލިސްޓްގައިވެއެވެ. އެގޮތުން އެސްޓީއޯގެ ބޮންޑަކަށް ދައްކަންޖެހޭ 2.04 މިލިއަނާއި، ބީއެމްއެލް އަށް ދައްކަންޖެހޭ 1.8 މިލިއަނާއި، ހުޅުމާލެ ފޭސް 2 ގެ ކަރަންޓް ވިއުގަ ގާއިމް ކުރުމުގެ މަސައްކަތަށް ސޭލާ ބޭންކުން ނަގާފައިވާ ލޯނަށް ދައްކަން ޖެހޭ 2.13 މިލިއަން ހިމެނެއެވެ.
އަދި އައިޑީބީ އަށް ދައްކަންޖެހޭ 4 ލައްކަ އަކާއި، އޭޑީއެފްޑީ އަށް ދައްކަންޖެހޭ ދެލައްކަ އެއްވެސް ބޮންޑޭ އާންމު ކުރެއްވި ލިސްޓްގައި ހިމެނެއެވެ.
ޗައިނާ މެެދުވެރިކޮށް ރާއްޖެއިން އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަަކަށް ލޯނު ނަގާފައިވެ އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ލޯނު އަނބުރާ ދެއްކުމަށް 4.9 ބިލިއަން ރުފިޔާ ހިމަނާފައި ވާއިރު ރައީސް ނަޝީދު ވަނީ، ޗައިނާގެ އެކި ބޭންކްތަކަށް ރާއްޖެއިން ދައްކަންޖެހޭ ލޯންތައް ބޮޑުކަން ފާހަގަ ކުރަށްވައި އެ އަދަދަށް ފައިސާ ނުދެއްކޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރައީސް ނަޝީދުގެ މި ތުހުމަތުތައް ޗައިނާ ސަފީރާއި، ދިވެހި ސަރުކާރުން ދަނީ ދޮގު ކުރަމުންނެވެ.
އަދި މެމްބަރު ބޮންޑޭގެ ޓްވީޓާއި ގުޅިގެން ޗައިނާ ސަފީރު ރައްދެއް ދެއްވާފައެއް ނުވެއެވެ.

— Ibrahim Rasheed (@BondeM4) December 11, 2020

ކިޔުންތެރިންގެ ހިޔާލު