އެމް.އެމް.ޕީ.އާރް.ސީ ޚިޔާނާތާއި ގުޅިގެން އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރ ޏ.ފުވައްމުލައް، ހޯދަޑު، މައުނާ، ޢަބްދުالله އާޡިމްގެ މައްޗަށް 04 ދަޢުވާއެއް އުފުލައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މި މައްސަލައިގައި ދައުވާ ކުރަން މިހާރު ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ. އޭނާގެ މައްޗަށް ކުރަނީ ހަތަރު ދައުވާ އެކެވެ. އެއީ ރިޝްވަތު ހިފުމުގެ ކުށުގެ ދެ ދައުވާ އާއި، މަނީ ލޯންޑަރިންގ ކުށުގެ ދެ ދައުވާ އެކެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިފައިވާ ފައިސާގެ ތެރެއިން ސަތޭކަހާސް އެމެރިކާ ޑޮލަރު އޭނާއަށް ލިބިފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
އެ އޮފީހުން ބުނީ 12 އޮކްޓޫބަރު 2011 އިން 14 އޭޕްރިލް 2016 އަށް ޢަބްދުالله އާޡިމް އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަގާމުގައި ހުރި ކަމަށާއި، އެއިރު އެ ކޮމިޝަނުން އޭނާ އިސްކޮށްހުރެ ތަހްގީގުކުރަމުންދިޔަ އެމްޕީއެލް އާއި އޭސީސީއާ ދެމެދު ހިންގި ޑޮލަރުގެ މުއާމަލާތާ ގުޅޭ ކޮރަޕްޝަންގެ މައްސަލައާއި ކުރީގެ އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله ޒިޔާތު އާއި ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި އޭރުގެ ސަރުކާރުގެ އިސް ފަރާތްތަކުގެ މަސްލަޙަތު ހިމެނޭ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްދާގޮތް ޙިއްޞާކުރުމަށާއި، ކޮމިޝަނުގެ ސިއްރު މަޢުލޫމާތު ދިނުމަށާއި، ތަޙްޤީޤު ވަކި ގޮތަކަށް އަނބުރާލުމުގެ މުޤާބިލުގައި ޢަބްދުالله ޒިޔަތާއި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިވެގެން، ފަންސާސް ހާސް އެމެރިކާ ޑޮލަރުގެ ރިޝްވަތު ދިނުމަށްޓަކައި އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުން ދޫކުރި ޗެކު އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 02 ޖޫން 2015 ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ޚިޔާނާތްތަކާ ގުޅިގެން މިހާތަނަށް 3 ފަރާތަކަށް ވަނީ ޙުކުމް ކޮށްފައެވެ. އެގޮތުން މަނީ ލޯންޑާ ކުރެއްވިކަމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލި ދައުވާތަކުގައި ވެސް އިއުތިރާފު އެއްބަސްވުމެއް އެކުލަވާލިއިރު އޭނާގެ މައްޗަށް އިއްވާފައިވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ. މި ދެބޭފުޅުން ޙުކުމް ތަންފީޒު ކުރަމުން ދަނީ ޖަލުގައެވެ.
މީގެ އިތުރުން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއެކު ޕީޖީ އޮފީހުން ހެދި އެއްބަސްވުމާއެކު އަދީބު ވަނީ އެމްއެމްޕީއާރސީގެ ޚިޔާތުގެ ތުހުމަތުތަކަށް އެއްބަސްވެވަޑައިގެންފައެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވެ އިއްވާފައިވާ 20 އަހަރު ދުވަހުގެ ޖަލުހުކުމް ތަންފީޒްކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު