އަންނަ މަހުގެ ހަތަރު ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އަންނަ މަހުގެ ހަތަރު ވަނަ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވީ އެދުވަހަކީ ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވާ ދުވަސް ކަމަށް ވާތީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީސް އާ އަހަރަށް ފަށާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ. މިއަހަރުގެ ފެބްރުއަރީ ހަތަރު ވަނަ ދުވަސް ދިމާވަނީ ބުރާސްފަތި ދުވަހަކާއި އެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ވަނީ އެ ދުވަހުގެ ހެނދުނު 09:00 ގައި، ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ.

President @ibusolih has today designated 4 February 2021 (Thursday) as a government holiday on the occasion of the formal opening of parliament. @mvpeoplesmajlis
— Ibrahim Hood (@MvSpokesperson) January 5, 2021
މިއަހަރުގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ވަނީ އެ ދުވަހުގެ ހެނދުނު 09:00 ގައި، ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ.
ކިޔުންތެރިންގެ ހިޔާލު