އަހުމަދު ޝާހް   14 ޖެނުއަރީ 2021 - 21:3
ހެލްތް މިނިސްޓްރީ ހިންގަމުންދާ ރޯޝަނީ ބިލްޑިންގ
ހެލްތް މިނިސްޓްރީ ހިންގަމުންދާ ރޯޝަނީ ބިލްޑިންގ
ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ހީނަރުވެ ޢާމްދަނީ ލިބޭނެ މަގުތަށް ހަނިވެފައިވަނިކޮށް ހެލްތް މިނިސްޓަރުގެ ނާއިބު ކަމަށް އިތުރު ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މިނިސްޓަރު އޮފް ހެލްތްގެ ނައިބުގެ މަގާމަށް، ހ. ފޭވާ، ސަފިއްޔާ މުހައްމަދު ސައީދު މިއަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ. އޭނާ ކުރިން ހުންނެވީ ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރު ގެ މަގާމުގަ އެވެ.

ސަފިއްޔާއަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބާމިންގްހަމްއިން މާސްޓާ އޮފް އާޓްސް އިން އިންޓާނޭޝަނަލް ރިލޭޝަންސް (ޑިޕްލޮމަސީ) ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ އިނގިރޭސިވިލާތުގެ ކާޑިފް ޔުނިވާސިޓީއިން ބެޗެލާ އޮފް ސައިންސް އިން (ޖޮއިންޓް) ބިޒްނަސް ސްޓަޑީޒް އެންޑް ޖަޕަނީސް ސްޓަޑީޒް ހާސިލް ކުރައްވާފަ އެވެ.

ހެލްތް މިނިސްޓަރުގެ ނާއިބު ކަމަށް އިތުރު ބޭފުޅަކު ހަމަޖައްސަވާފައިވާއިރު ގ. ސިލްވަރުގެ، މަރިޔަމް ހާލިދާ ވެސް ހެލްތްގެ ނާއިބަށް މިދިޔަ މަހު ވަނީ ހަމަޖައްސަވާފަ އެވެ. އަދި ކުރިން ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަހުމަދު އާދިލް ވަނީ ހެލްތްގެ ސްޓޭޓް މިނިސްޓަރަކަށް ހަމަޖައްސަވާފައެވެ.

ހެލްތް މިނިސްޓްރީގައި މިވަގުތު ނައިބުންގެ ގޮތުގައި ފަސް ބޭފުޅުން އެބަ ތިއްބެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން