ޕާޓީއެއްގެ ތެރެއިން އެއްކުލާހެއްގެ ގިނަ ކުދިންތަކެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ޖަޒީރާ ސައްލާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، މިއަދު ސްކޫލެއްގެ އެއްކްލާހެއްގެ ގިނަ ޢަދަދެއްގެ ކުދިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ނަމަވެސް އެކުދިން ޕޮޒިޓިވް ވެފައިވަނީ ސްކޫލް މާޙައުލުން ނޫންކަމަށް ނަޒްލާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެކުދިން ވަނީ ކްލާސް ކުއްޖެގެ ގޭގައި އޮތް ޕާޓީއަކަށް ގޮސްފައި ކަމަށް ނަޒްލާ ވަނީ ވިދާޅުވެފައެވެ.
"މީތި ރަނގަޅަށް ބަލާލިއިރު މިއީ ކްލާސްތެރެއިންނެއް ނޫން. ކޮންމެސް އެއް ކުއްޖެއްގެ ގޭގައި ޕާޓީއެއް ބާއްވައިގެން. އެކަމަކު ޚަބަރުގައި އަންނާނީ މި ސްކޫލްގެ އަށެއް އޭ ގެ ކުދިން ޕޮޒިޓިވް ވެއްޖެ." ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ސްކޫލްތަކުގައި ސަލާމަތީ ފިޔަވަޅުތައް މިވަގުތު އެޅިފައި ހުރީ އެކަށީގެންވާ މިންވަރަށް ކަމަށެވެ. އަދި ޖުމްލަ ގޮތެއްގައި އޮފީސްތަކަށް ވުރެވެސް ބޮޑަށް ސްކޫލްތަކުގައި އެޗްޕީއޭގެ ގައިޑްލައިނަށް ޢަމަލުކުރާކަމަށާއި، ނަމަވެސް ސްކޫލް މާޙައުލުން ބޭރުގައި އެ ފިޔަވަޅުތަކަށް ތަބާ ނުވެވުމުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެގޮތުން މުދައްރިސުންވެސް ގިނައިން ޕޮޒިޓިވް ވެފައިވަނީ ސްކޫލް މާޙައުލުން ބޭރުން އުސޫލުތަކަށް ތަބާ ނުވެވުމުންކަން ނަޒްލާ ފާހަގަ ކުރެއްވިއެވެ.
"ވިސްނަންވީ ކަމަކީ ހަމަ އެކަނި ސްކޫލްގައި ޓީޗަރާއި ކުދިންނާއި ތިބޭ ވަގުތަކު ނޫނޭ މެޝަރސް ނަގަންވީ. ޓީޗަރުން އެއްކޮށް ސައިބޯން ދާއިރުވެސް އެ މެޝަރސް ނަގަންޖެހޭ. އެބަހުރި އެގޮތަށް ކޮންޓެކްޓް ވެފައިވެސް." ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިއަދުގެ ޕްރޮގްރާމްގައި ޑރ. ނަޒްލާ ވިދާޅުވީ، މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ސްކޫލް މާޙައުލުގައި ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަކަމަށާއި، ނަމަވެސް މުޖުތަމަޢުގައި ބަލި ފެތުރޭނަމަ ކޮންމެވެސް އެއްބަޔަކު ޕޮޒިޓިވް ވާނެ ކަމަށެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 15،247 އަށް އަރާފައެވެ. އަދި އިއްޔެ އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 1،273 ގައެވެ. މިއަހަރުގެ ފުރަތަމަ 26 ދުވަހު ރާއްޖެއިން ވަނީ 1500 މީހުން ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު