ފުވައްމުލަކު ހޮސްޕިޓަލް (ފޮޓޯ: ސޯޝަލް މީޑިއާ)
ފުވައްމުލަކު ހޮސްޕިޓަލް (ފޮޓޯ: ސޯޝަލް މީޑިއާ)
ފުވައްމުލައް ސިޓީން ކޯވިޑް-19 އަށް ޕޮޒިޓިވްވެ މިވަގުތު އެސިޓީގައި ބަލިޖެހިފައި ތިބީ 17 މީހުންނަށް ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފިއެވެ.

ފުވައްމުލަކުން އެންމެ ފުރަތަމަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ފެބްރުއަރީ 7 ވަނަ ދުވަހު ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިންނެވެ. އެމީހާ އަކީ ދުބާއީ އިން އައިސް ފުވައްމުލަކުގައި ހޯމް ކަރަންޓީނުގައި ހުއްޓާ ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވި މީހެކެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ އެސިޓީން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 22 އަށް އަރައިފައިވާ ކަމަށެވެ. އޭގެ ތެރެއިން 05 މީހުން ރަނގަޅުވެފައި ވާއިރު މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި އެރަށުގައި ތިބީ 17 މީހުންނެވެ.

ފުވައްމުލައް ސިޓީގައި ހޮސްޕިޓަލްގައި އެނދުމަތިކޮށް ފަރުވާދެމުން ގެންދަނީ އެންމެ މީހަކަށެވެ. އެރަށުން މިހާތަނަށް 329 ސާމްޕަލް ނަގާފައިވާއިރު ޑައިރެކްޓް ކޮންޓެކްޓްސްގެ ގޮތުގައި 620 މީހުންވަނީ ފާހަގަ ކުރެވިފައެވެ. އަދި މިވަގުތު 547 ގެ ވަނީ ކަރަންޓީން ކޮށްފައެވެ. ނަތީޖާ ނުލިބޭ ސާމްޕަލްގެ ޢަދަދަކީ 71 އެވެ.





ފުވައްމުލަކުގައި ކޯވިޑް-19 ފެތުރެމުންދާތީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، 2021 ފެބުރުވަރީ 13 ވަނަ ދުވަހުން ފެށިގެން، 7 ދުވަހުގެ މުއްދަތަށް، ފުވައްމުލައް ސިޓީގައި، ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި އެރަށުގައި މިސްކިތުގައި ޖަމާޢަތް ހަދައިގެން ނަމާދުކުރުންވެސް ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން