ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ހަސަން މޫސާގެ ޝަރުތު ހަމަނުވާކަމަށްބުނެ، އޭނާގެ ކެންޑިޑެސީ ބާތިލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.
ޙަސަން މޫސާގެ ސާބިތު ދަރަންޏެއް އޮވެ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާ މައްސަލާގައި އޭނާގެ ކެންޑިޑެންސީ ބާތިލުކޮށް، އޭނާއާއި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް އަޙްމަދު ރީހާން އިންތިޚާބަކާ ނުލައި ގޮނޑި ކަށަވަރު ކުރިކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން އިޢުލާނުކުރިއެވެ. ނަމަވެސް ހަސަން މޫސާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރީ އިންތިޚާބާ ބެހޭ ގާނޫނުގައި ބުނާ 48 ގަޑިއިރުގެ ތެރޭގައި ކެނޑިޑެސީ ބަލައިގަތުމާ މެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމުމަށް ފަހުގައި ކަމަށް ވާތީ އެ ނިންމުން ސުޕްރީމް ކޯޓުން ވަނީ މީގެ ކުރިން ބާތިލް ކޮށްފައެވެ.
ސުޕްރީމް ކޯޓުން މިމަހުގެ 23 ވަނަ ދުވަހު ކުރި ޙުކުމުގައި ބުނެފައިވަނީ، އިންތިޚާބާ ބެހޭ ގާނޫނުގައި ބުނާ 48 ގަޑިއިރުގެ ތެރޭގައި ކެނޑިޑެސީ ބަލައިގަތުމާ މެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމާ ފަހުން، އެ ކޮމިޝަނަށް ލިބޭ މައުލޫމާތުތަކަށް ބިނާކޮށް މީހެއްގެ ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައި ކެންޑިޑެސީ ބާތިލްކުރުމަކީ އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމަށް ފަހު ކެންޑިޑެސީ ބާތިލް ކުރެވޭނީ ސުޕްރީމް ކޯޓުގެ ޤަޟާއީ ނިންމުމަކުން ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ވެއެވެ.
އަދި ހަސަން މޫސާގެ ކެންޑިޑެސީ ބާތިލްކުރަން އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ކޯޓުގެ ރަޖިސްޓްރާ ނިންމުމުން އެ ކޮމިޝަނުން އެ މައްސަލަ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިޢުނާފް ކޮށްފައި ނުވާކަންވެސް ސުޕްރީމް ކޯޓުން ވަނީ ފާހަގަކޮށްފައެވެ. ކެންޑިޑޭޓެއްގެ ޝަރުތުގެ މައްސަލަތަކުގައި ގޮތެއް ނިންމޭނީ ސުޕްރީމް ކޯޓަށް ކަމަށާއި، އަދި ކޯޓުގެ ރަޖިސްޓްރަ މައްސަލައެއް ބަލައި ނުގަންނަން ނިންމި ނަމަވެސް އެ މައްސަލައެއް އިސްތިޢުނާފް ކުރުމުގެ ފުރުސަތު ކޮންމެ ފަރާތަކަށްވެސް ލިބިގެންވާކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.
ސުޕްރީމް ކޯޓުން މިމަހުގެ 23 ވަނަ ދުވަހު ކުރި ޙުކުމްގައި ވަނީ، އިންތިޚާބަށް ކުރިމަތިލުމަށްޓަކައި ހަސަން މޫސާގެ ޝަރުތު ފުރިހަމަ ވާކަން ނުވަތަ ނުވާކަން ސުޕްރީމް ކޯޓުން ކަނޑަނާޅާހާ ހިނދަކު ޙަސަން މޫސާގެ ނަން ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓުން އުނި ނުކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަންގާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ޙުކުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ޙަސަން މޫސާގެ ނަން ހިމަނައި އަލުން ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ކެނޑިޑޭޓުންގެ ލިސްޓް ޢާއްމުކޮށްފައެވެ. އަދި އެއަށްފަހު އޭނާގެ ކެނޑިޑެސީ ބާތިލުކުރުމަށް އީސީން މިއަދު މިވަނީ މައްސަލަ ކޯޓަށް ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު