އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   1 މާރިޗު 2021 - 18:36
ރައީސް ޞާލިހް މަލީހާ މަގާމުގެ ލިއުން ހަވާލުކުރަނީ
ރައީސް ޞާލިހް މަލީހާ މަގާމުގެ ލިއުން ހަވާލުކުރަނީ
ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމަށް ފާސްކުރީ 59 މެންބަރުންގެ ވޯޓުންނެވެ. އިތުބާރު އޮތް ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެންބަރުން ތިއްބެވިއެވެ.

މަލީހު މިއަދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށާއި އެ ތުހުމަތުތައް ކުރަން ފަށާފައި ވަނީ ޓީވީ ޕްރޮގްރާމެއްގައި ބަރުލަމާނީ ނިޒާމާ ދެކޮޅަށް ދެއްކެވި ވާހަކަތަކަކާ ގުޅުވައި އެކަމާ ޒާތީ ވެެގެން ކަމަށެވެ.

އަދި ވިދާޅުވީ މަޖިލީހަށް މިއަދު ވަޑައިގެންނެވީ މިނިސްޓަރުގެ މަގާމުގެ ދިފާއުގައި ނޫން ކަމަށާއި އޭނާ ވަޑައިގެންނެވީ ގާނޫނު އަސާސީގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ 27 ވަނަ މާއްދާގެ ދިފާއުގައި ކަމަށެވެ. ހަކުރާގޭ ފެންޑާގައި އެކޮޅުކޮޅުން އޭނާ އެލުވިޔަސް މާއްދާ 27 ގެ ބޭނުން ހިއްޕަވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން