އަލް މުނާފިޤޫން ސޫރަތަކީ މަދީނާގައި ބާވާލެއްވި ސޫރަތެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލިސްގެ ރިޔާސަތުން އެ ސޫރަތާއި ބެހޭގޮތުން ހޯމަ ދުވަހު ދެއްކެވި ވާހަކަތައް، ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ރަނގަޅުކޮށްދެއްވައިފި އެވެ.
ކީރިތި ޤުރުއާންގެ ސޫރަތްތަކަށް ނިސްބަތްކޮށް މަދަނީ ސޫރަތާއި މައްކީ ސޫރަތޭ ބުނެ އުޅެއެވެ. އެގޮތުން ހިޖުރައިގެ ކުރިން މައްކާގައި ކީރިތި ރަސޫލާ އުޅުއްވި ދުވަސްވަރު ބާވާލެއްވި ސޫރަތްތަކަށް މައްކީ ސޫރަތުގެ ނަމުން ނަން ދީފައިވާއިރު މަދީނާ އަށް ހިޖުރަ ކުރެއްވި ފަހުން ބާވާލެއްވި ސޫރަތްތަކަށް ކިޔަނީ މަދަނީ ސޫރަތެވެ.
ޝައިޚް ޢަލީ ޒައިދު މިއަދު ވިދާޅުވީ، އަލް މުނާފިޤޫން ސޫރަތަކީ މަދަނީ ސޫރަތެއް ކަމަށެވެ. ޝައިޚް މިގޮތަށް ވިދާޅުވީ މިއަދުގެ މަޖިލީހުގައި އެ ސޫރަތަކީ މައްކާގައި ކީރިތި ރަސޫލާ އުޅުއްވި އިރު ބާވާލެއްވި ސޫރަތެއް ކަަމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މޮސްޓާ ކީރިތި ޤުރުއާނުގައި މުނާފިޤު ސޫރަތް އޮންނަ ކަމަށް ވިދާޅުވުމުން ރައީސް ނަޝީދު ވަނީ މޮސްޓާގެ ވާހަކަ ހުއްޓުވައި ޤުރުއާނުގައި އޮންނަނީ މުނާފިޤޫން ސޫރަތްކަމަށާއި، އެ ސޫރަތް ބާވާލެއްވުނީ މައްކާގައިކަމަށް ވިދާޅުވެފައެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ،މަދީނާގައި އިސްލާމީ ދަޢުލަތް އުފެދި މުސްލިމުންނަށް ސިޔާސީ ބާރުވެރިކަން ލިބުމުން ފާޅުގައި ކާފިރުންނަށް ވެގެން އުޅުމަށް ބައެއް މީހުން ޖެހިލުންވި ކަމަށެވެ. އެގޮތުން އުފެދިގެންދިޔަ މުނާފިޤުންގެ ވެރިޔަކީ ޢަބްދުﷲ ބިން އުބައްޔު ބިން ސަލޫލް ކަމަށް ޝައިޚް ޒައިދު ވިދާޅުވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެެރެއިން މޮސްޓާއަށް ލިބިވަޑައިގަތް ފުރުސަތުގައި އޭނާ ގުރުއާނުގެ އާޔަތެއް ވިދާޅުވާން ފެށްޓެވުމުން އެކަން ހުއްޓުވުމަށްފަހު މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، ބައެއް މެންބަރުން ނުބައިކޮށް ގުރުއާން ވިދާޅުވާތީ އެކަން ނުކުރެއްވުމަށް މީގެ ކުރިންވެސް އެދިވަޑައިގެންފައިވާނެ ކަމަށެވެ.
ރައީސް ނަޝީދަށް ރައްދުދެއްވަމުން މޮސްޓާ ވިދާޅުވެފައިވަނީ ގުރްއާންގެ އާޔަތްތައް މެންބަރުން ވިދާޅުވީމާ އެކަން ހަޖަމް ނުވެގެން ބަޔަކު އުޅޭކަމަށެވެ. މޮސްޓާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވަނީ، މެންބަރުން ބޭނުން ގޮތަކަށް ގުރުއާންބޭނުން ނުކުރައްވަން އިލްތިމާސްކުރައްވާފަ އެވެ. އަދި މާތްވެގެންވާ އިސްލާމް ދީނުގެ އެންމެ މަތީ އިސްމަފުޅަށް އެހެން ނުހައްދަވަންވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

'Al Munaafiqoon' soorathaky madhanee sooratheh! Medina gai islaamee dhaulatheh ufedhi, Muslimunnah Siyaasee baaruveri kan libumun, faalhugai kaafirakah vegen ulhen baeh myhun jehilunvi! Dhen ufedhigen dhiya e Munaafiqun thah! Emeehunge Raees akee Abdulla bin Abayyu bin Salool!
— Ali Zaid (@alizaid1000) March 8, 2021
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެެރެއިން މޮސްޓާއަށް ލިބިވަޑައިގަތް ފުރުސަތުގައި އޭނާ ގުރުއާނުގެ އާޔަތެއް ވިދާޅުވާން ފެށްޓެވުމުން އެކަން ހުއްޓުވުމަށްފަހު މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، ބައެއް މެންބަރުން ނުބައިކޮށް ގުރުއާން ވިދާޅުވާތީ އެކަން ނުކުރެއްވުމަށް މީގެ ކުރިންވެސް އެދިވަޑައިގެންފައިވާނެ ކަމަށެވެ.
ރައީސް ނަޝީދަށް ރައްދުދެއްވަމުން މޮސްޓާ ވިދާޅުވެފައިވަނީ ގުރްއާންގެ އާޔަތްތައް މެންބަރުން ވިދާޅުވީމާ އެކަން ހަޖަމް ނުވެގެން ބަޔަކު އުޅޭކަމަށެވެ. މޮސްޓާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވަނީ، މެންބަރުން ބޭނުން ގޮތަކަށް ގުރުއާންބޭނުން ނުކުރައްވަން އިލްތިމާސްކުރައްވާފަ އެވެ. އަދި މާތްވެގެންވާ އިސްލާމް ދީނުގެ އެންމެ މަތީ އިސްމަފުޅަށް އެހެން ނުހައްދަވަންވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު