ކޯވިޑް-19 އާއި ގުޅިގެން ކުރެވޭ ޚަރަދުތަކާއި ބެހޭގޮތުން ޓާސްކްފޯސްގެ ތަރުޖަމާން ދެއްވި އަދަދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހާމަކުރެއްވި ފައިސާގެ އަދަދުގައި ތަފާތުތަކެއް ހުރިކަމަށް ބުނެ އުފައްދަމުން ގެންދިޔަ ސުވާލުތަކަށް ފިނޭންސް މިނިސްޓްރީން ޖަވާދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން އައިސޮލޭޝަނާއި ކަރަންޓީނަށް 595 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ. ރޭ އޮތް ޕްރެސްގައި ތަރުޖަމާން މަބްރޫކް ވިދާޅުވީ ކޯވިޑް-19 ގެ މުޅި މަސައްކަތަށް މިހާތަނަށް ޚަރަދުވެފައިވަނީ 560 މިލިއަން ރުފިޔާ ކަމަށެވެ.
މި ކަމާއި ގުޅިގެން މީސްމީޑިއާގައި އުފައްދަމުން ގެންދިޔަ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ ފިސްކަލް އެފެއަރޒް ޑިވިޝަންގެ ހެޑް ސަރުވާޝް އާދަމް ވިދާޅުވީ ރައީސް ނަޝީދު އެ ވިދާޅުވި 595 މިލިއަން ރުފިޔާ އަކީ ކުރިއަށް އޮތް ތިން މަސް ދުވަހަށް އައިސޮލޭޝަނާއި، ކަރަންޓީނަށް ހޭދަވާނެ ޢަދަދު ކަމަށެވެ.
ރޭ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް ވިދާޅުވީ ކޯވިޑް-19 ގެ މުޅި މަސައްކަތަށް މިހާތަނަށް ޚަރަދުވެފައިވަނީ 560 މިލިއަން ރުފިޔާ ކަމަށެވެ.
ސަރުވާޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 594 މިލިއަން ރުފިޔާ އަކީ ކުރިއަށް އޮތް ތިން މަހު އައިސޮލޭޝަނަށާއި ކަރަންޓީނު ކުރުމަށް ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ އަދަދު ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ 7 ސަރަހައްދެއްގައި ގާއިމް ކުރާ ފެސިލިޓީ ގާއިމް ކުރުމާއި، އެތަންތަނަށް ބޭނުންވާ ސާމާނާއި ބޭހަށް ކުރާ ހަރަދުވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. މީގެއިތުރުން ކަރަންޓީނު ފެސިލިޓީތަކަށާއި އައިސޮލޭޝަން ފެސިލިޓީތަކަށް މީހުން ގެނައުމާއި ގެންދިޔުމަށް ހިނގާނެ ހަރަދުވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ސަރުވާޝް ވިދާޅުވީ 12،500 މީހުން ކަރަންޓީނު ކުރުމަށް ތިން މަހަށް 120 މިލިއަން ރުފިޔާ، ކަރަންޓީނު ފެސިލިޓީތަކަށް ޚަރަދުވާނެ ކަމަށެވެ. އޭގެތެރޭގައި ކެއުމާއި ތެލާއި އެހެން ޚަރަދުތައް ވެސް ހިމެނޭ ކަމަށެވެ.
އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ކަރަންޓީނު ފެސިލިޓީތަކަށް 595 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށެވެ.
ރައީސް ނަޝީދަކީ އެއްވެސް ފޮރުވުމެއްނެތި އާންމުންގެ ހިތުގައި ސުވާލު އުފެދޭ ސަރުކާރުގެ މިފަދަ ގިނަ މައުލޫމާތުތައް މަޖިލީހުގެ ޖަލްސާ ތަކުގައި ވަރަށް ތިލަކޮށް ވިދާޅުވެދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އެމަނިކުފާނު އިއްޔެ ވެސް ރައްޔިތުންގެ މަޖިލީހުގައި ވަނީ ކަރަންޓީން ފެސިލިޓީ ތަކުގެ ކެއިންބުއިމާއި ބެހޭގޮތުން މީސް މީޑިއާގައި ދެކެވޭ ބައެއް ވާހަކަ ތަކަށް ޖަވާބު ދެއްވާ ބައެއް ކަރަންޓީން ފެސިލިޓީ ތަކުގެ ކޮއްތު މެނޫވެސް އާންމު ކުރައްވާފައެވެ.
ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުންގެންދާ ޚަރަދު ތަކާ ބެހޭގޮތުން ބައެއް ފަރާތްތަކުން ފަތުރަމުން ގެންދާ ވާހަކަތަކަށް ރައްދު ދެއްވައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ޗީފް ވިޕް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައިވަނީ، ޙަޤީޤަތެއްނެތް ވާހަކަ ފަތުރާ ފަރާތްތައް ހުއްޓުވަން ޖެހޭކަމަށެވެ. އަދި ދެފުށްފެންނަ ގޮތަށް މަޢުލޫމާތު ފޯރުކޮށްދިނުމަކީ ޙަޤީޤަތާ ޚިލާފް ވާހަކަތައް ހުޢްޓުވޭނެ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު