ތަޙުޤީޤީ ބޭނުމަށް ފުލުހުން ހިފެހެއްޓި ފޯނެއް ވެރިފަރާތަށް އަނބުރާ ނުދިން މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ފުލުހުން އެ ފޯނު އަނބުރާ އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ތަހުގީގު ބޭނުމަކަށް ކަމަށް ބުނެ ފުލުހުން އެ މީހާގެ ފޯނު ހިފަހައްޓާފައިވަނީ މިދިޔަ އޮކްޓޯބަ 21 އިން ފެށިގެން 10 ދުވަހުގެ މުއްދަތަކަށެވެ.
ނަމަވެސް އެ މުއްދަތު ހަމަވިއިރު ވެސް ފޯނު އޭގެ ވެރިފަރާތާ ފުލުހުން ހަވާލެއް ނުކުރެއެވެ. އަދި މުއްދަތު ވެސް އިތުރު ކޮށްފައެއް ނުވެއެވެ.
އެހެންވެ މުދާ ހޯދުމުގެ އަމުރަކަށް މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ފޯނުގެ ވެރިފަރާތުން އެދުމުން އެ އަމުރާ އެއްގޮތަށް ފުލުހުން ފޯނު އޭގެ ވަރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ގަޟިއްޔާގައި ވެއެވެ.
ފޯނު ހަވާލުކުރުމާ ގުޅިގެން އަމުރަށް އެދުނު މައްސަލަ ބާޠިލް ކޮށްދޭން މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާތީ، ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެެވެ.
މީގެ ކުރީން ވެސް ފުލުހުން ހިފެހެއްޓި ފޯނެއްގެ މައްސަލައެއްގައި، ފުލުހުންނާ ދެކޮޅަށް ކޯޓުން އަމުރު ނެރެފައިވެއެވެ. އެގޮތުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވީ ފޯނެއް ހިފަހައްޓާފައި އޮތީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ފަސް ދުވަހުގެ ތެރޭގައި އެ ފޯނު ވެރިމީހާއަށް ޙަވާލު ކުރުމަށް މިދިޔަ އަހަރުގެ ޖުލައި މަހު ތެރޭ ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު