ސިވިލް ސަރވަންޓުންނަކީ އަނގަމަޑުންލައިގެން ތިބެންޖެހޭ ބައެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވަނީ ސިވިލް ސަރވަންޓުންނަކީ ވަޒީފާގެ ބަޔާނުގައި ސޮއިކުރާ ވަގުތުން ފެށިގެން ޚިޔާލުފާޅުކުރުމުގެ ޙައްޤުން މަޙްރޫމްވެފައިވާ ބައެއް ކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން މެމްބަރު ސަލީމަށް ރައްދުދެއްވައި ޑރ. ޝަހީމް ވިދާޅުވީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތަށް ކޮންމެ މީހަކަށްމެ އޮންނަންވާނެ ކަމަށެވެ.
އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިންސާނީ ޙަޟާރަތު ކުރިއަރައި ދިއުމުގެ އެންމެ މުހިންމު އެެއް އަސާސް ކަމަށާއި، ސިވިލް ސާވެންޓަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން އަނގަމަޑުންލައިގެން ހުންނަންޖެހޭނެ މީހެއްކަމަށް ޤަބޫލުކުރުމަކީ ތަހުޒީބު ވިސްނުމެއްނޫން ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ސިވިލް ސާވެންޓުންނަކީ މުޅި ދައުލަތް ހިންގުމުގެ ރައުސުލްމާލު ކަމަށާއި، އަދި އެއީ އެބަޔަކާމެދު ޤައުމު ފަޚުރުވެރިވާންޖެހޭނެ ބައެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި އެމްޕީ ސަލީމް ވިދާޅުވީ، ސިވިލް ސަރވަންޓުންނަކީ ފޭސްލެސް، ވޮއިސްލެސް މީހެއް ކަމަށާއި، ސިވިލް ސަރވިސް މުވައްޒަފުންނަށް ޢާއްމު ރައްޔިތުންނަށް ނޭނގޭ ކިތަންމެ މަޢުލޫމާތެއް އެނގޭނެ ކަމަށެވެ. ނަމަވެސް ސިވިލް ސަރވަންޓުންނަށް އެ ޕްރޮފެޝަންގެ އަގު ނުހިފެހެއްޓޭކަމަށް އެމްޕީ ސަލީމް ތުހުމަތު ކުރެއްވިއެވެ.
އަދި ސިވިލް ސަރވަންޓުންނަށް ސޯޝަލް މީޑިއާގައި ކެނޑިޑޭޓުންނަށް ތާޢީދު ކޮށް ސިޔާސީ ޕޯސްޓް ނުކުރެވޭނެ ކަމަށާއި، ސިވިލް ސަރވަންޓުންގެ އަގު ވެއްޓެނީ އެފަދަ ޢަމަލުތަކުގެ ސަބަބުން ކަމަށް ސަލީމް ވިދާޅުވިއެވެ.
ސަލީމްގެ މިވާހަކަތަކާއި ދެކޮޅު ހަދައި ސަލީމް މަޖިލީހުގައި ދެއްކެވި ވާހަކައިގެ ވިޑިއޯ ކްލިޕް ހިއްސާކޮށް މީސް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ސަލީމަށް ފާޑުކިޔަމުންނެވެ. އެގޮތުން ސަލީމް ދެއްކެވި ވާހަކައިގެ ވިޑިއޯ ކްލިޕަކާއެކު ހަމްދޫން ކިޔާ ބޭފުޅަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާއަކީ ސިވިލް ސާވިސްގައި ވަޒީފާ އަދާކުރަށްވާތާ އަށް އަހަރު ވެފައިވާ ބޭފުޅެއް ކަމަށާއި ނަމަވެސް ސިވިލް ސާވަންޓުންނަކީ އަޅުން ކަމުގައި ގަބޫލު ނުކުރަށްވާ ކަމަށެވެ. އަދި ސިވިލް ސާވަންޓުންނަކީ ފޮރުވިގެން ތިބެންޖެހޭ އަދި އަނގަ ބަންދުކޮށްގެން ނުވަތަ ޚިޔާލުފާޅުކުރުމުގެ ހައްގުން މަހުރޫމް ވެފައިވާ ބައެއް ކަމަށް ގަބޫލު ނުކުރަށްވާ ކަމުގައި އޭނާ ވިދާޅުވެފައި ވެއެވެ.

ސިވިލް ސާވެންޓަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން އަނގަމަޑުންލައިގެން ހުންނަންޖެހޭނެ މީހެއްކަމަށް ޤަބޫލުކުރުމަކީ ތަހުޒީބު
— Mohamed Shaheem Ali Saeed (@Mohamedshaheem1) March 24, 2021
ވިސްނުމެއްނޫން.
ސިވިލް ސާވެންޓުންނަކީ އެބަޔަކާމެދު ޤައުމު ފަޚުރުވެރިވާންޖެހޭނެ ބައެއް. މުޅި ދައުލަތް ހިންގުމުގެ ރައުސްމާލަކީ އެއީ
މީގެ އިތުރުން ސިވިލް ސާވެންޓުންނަކީ މުޅި ދައުލަތް ހިންގުމުގެ ރައުސުލްމާލު ކަމަށާއި، އަދި އެއީ އެބަޔަކާމެދު ޤައުމު ފަޚުރުވެރިވާންޖެހޭނެ ބައެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި އެމްޕީ ސަލީމް ވިދާޅުވީ، ސިވިލް ސަރވަންޓުންނަކީ ފޭސްލެސް، ވޮއިސްލެސް މީހެއް ކަމަށާއި، ސިވިލް ސަރވިސް މުވައްޒަފުންނަށް ޢާއްމު ރައްޔިތުންނަށް ނޭނގޭ ކިތަންމެ މަޢުލޫމާތެއް އެނގޭނެ ކަމަށެވެ. ނަމަވެސް ސިވިލް ސަރވަންޓުންނަށް އެ ޕްރޮފެޝަންގެ އަގު ނުހިފެހެއްޓޭކަމަށް އެމްޕީ ސަލީމް ތުހުމަތު ކުރެއްވިއެވެ.
@cscmaldives are we slaves as @SalleHoarafushi stated? We can’t show support to candidates we prefer? We are not eligible for basic rights? @anedhivehirajje what’s your take on this! pic.twitter.com/UWqhJWzPty
— Athaullah Hassan (@AthaullahHassan) March 24, 2021
އަދި ސިވިލް ސަރވަންޓުންނަށް ސޯޝަލް މީޑިއާގައި ކެނޑިޑޭޓުންނަށް ތާޢީދު ކޮށް ސިޔާސީ ޕޯސްޓް ނުކުރެވޭނެ ކަމަށާއި، ސިވިލް ސަރވަންޓުންގެ އަގު ވެއްޓެނީ އެފަދަ ޢަމަލުތަކުގެ ސަބަބުން ކަމަށް ސަލީމް ވިދާޅުވިއެވެ.
ސަލީމްގެ މިވާހަކަތަކާއި ދެކޮޅު ހަދައި ސަލީމް މަޖިލީހުގައި ދެއްކެވި ވާހަކައިގެ ވިޑިއޯ ކްލިޕް ހިއްސާކޮށް މީސް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ސަލީމަށް ފާޑުކިޔަމުންނެވެ. އެގޮތުން ސަލީމް ދެއްކެވި ވާހަކައިގެ ވިޑިއޯ ކްލިޕަކާއެކު ހަމްދޫން ކިޔާ ބޭފުޅަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާއަކީ ސިވިލް ސާވިސްގައި ވަޒީފާ އަދާކުރަށްވާތާ އަށް އަހަރު ވެފައިވާ ބޭފުޅެއް ކަމަށާއި ނަމަވެސް ސިވިލް ސާވަންޓުންނަކީ އަޅުން ކަމުގައި ގަބޫލު ނުކުރަށްވާ ކަމަށެވެ. އަދި ސިވިލް ސާވަންޓުންނަކީ ފޮރުވިގެން ތިބެންޖެހޭ އަދި އަނގަ ބަންދުކޮށްގެން ނުވަތަ ޚިޔާލުފާޅުކުރުމުގެ ހައްގުން މަހުރޫމް ވެފައިވާ ބައެއް ކަމަށް ގަބޫލު ނުކުރަށްވާ ކަމުގައި އޭނާ ވިދާޅުވެފައި ވެއެވެ.
I have been working as a civil servant for almost 8 years. Civil servants are not slaves. We're not faceless and we're not voiceless. @PSIglobalunion @ILOColombo @ilo @SolidarityCntr @pilcmv @TransparencyMV @hrcmv @hrw @UNHumanRights pic.twitter.com/p8F4VCzKqD
— Hamdhoon (@hamdhun) March 24, 2021
ކިޔުންތެރިންގެ ހިޔާލު