ރީކޯ މޫސާ މަނިކު
ރީކޯ މޫސާ މަނިކު
ކޯވިޑް-19 ގެ ސަބަބުން ކުދި ރަށްތައް ނުރައްކަލަށް ބަދަލުވަމުންދާއިރު ސިޔާސީ މީހުން ރޯކުރާ ހުޅުގަނޑު ފަޅައިގެން ދިޔަ ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ގޮވާލައްވައިފިއެވެ.

ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ކުރަށްވާފައިވާ ޓްވީޓެއްގައި ވަނީ، ސިޔާސީ ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް އެއްބައިވަންތަކަން އިސްކުރަންވީ ވަގުތު ޖެހިފައިވާ ކަމަށެވެ. އަދި މިއީ ސިޔާސީ ޚިޔާލް ތަފާތުވުންތައް އެއްފަރާތްކޮށް އެއްބައިވަންތަކަން އިތުރުކުރަންވީ ވަގުތު ކަމަށްވެސް މޫސަ ވަނީ ވިދާޅުވެފައެވެ.

އަދި އެންމެން ގުޅިގެން އެއްބައިވަންތަކަމާއެކު މި ރޯގާއިން މިންޖުވުމަށް މަސައްކަތް ކުރުމަށް މޫސަ ވަނީ ގޮވާލައްވާފައެވެ.

މޫސަ އިތުރަށް ވިދާޅުވީ، ޗައިނާވެސް އިންޑިއާވެސް އެހީވާނެ ކަމަށާއި، އެޤައުމުތަކުން ރާއްޖެއަށް އެހީވަނީ ވަކިބަޔަކު ވެރިކަމުގައި ތިބެގެން ނޫން ކަމަށެވެ.

އަދި އެއީ އެޤައުމުތަކުން ދިވެހި ރައްޔިތުންނަށްދޭ އެހީތެރިކަން ކަމަށާއި، އެތަންތާގެ އެމްބަސީތަކުން އަބަދުވެސް ރާއްޖޭގެ ޙާލަތު ބަލާނެ ކަމުގައި މޫސަ ވިދާޅުވެފައި ވެއެވެ. މޫސަވަނީ ސިޔާސީމީހުން ދެ ޤައުމަކަށް ބެހިލައިގެން ގަދަ ހިފުމަކަށް ނުދިއުމަށް ވެސް ނަސޭހަތްތެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން