ނަރުދޫ
ނަރުދޫ
ށ. ނަރުދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު މީހަކު ހިމެނޭކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ނަރުދޫއިން 8 މީހަކު ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރޭގައި މާބަނޑު މީހަކު ހިމެނޭ ކަމަށެވެ.

މިހާރުވެސް ރާއްޖޭގައި މާބަނޑު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.

ނަރުދޫން ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އަމާޒު ބޯޓުގެ ކެޕްޓަނާއި، އޭނާގެ އަންހެނުންނާއި، 3 ކުދިންގެ އިތުރުން ބޯޓުގެ 2 ފަޅުވެރިއަކު ހިމެނެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ނަރުދޫ "އަމާޒް" ބޯޓުގެ ކެޕްޓަން ޕޮޒިޓިވްވުމާ ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގ ގެ ދަށުން މިހާތަނަށް ގިނަ ބަޔަކު ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން އެ ކޭސްއާ ގުޅިގެން މިހާތަނަށް 113 ކޮންޓެކްޓެއް ފާހަގަވެފައިވާއިރު، އޭގެ ތެރެއިން 9 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން