ހއ. އިހަވަންދޫ
ހއ. އިހަވަންދޫ
"ކާވިޔާ" ބޯޓުން ދަތުރުކުރި އިހަވަންދޫ 35 މީހެއްގެ ނަތީޖާ ނެގެޓިވް ކަމަށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއިން ބުނެފިއެވެ.

އިހަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ ކޯވިޑް-19 އަށް އިހަވަންދޫއިން ޓެސްޓްކުރި އެންމެންގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ.

އިހަވަންދޫ އިން 35 މީހެއްގެ ސާމްޕަލް ނަގާފައިވަނީ މީގެ ދެދުވަސް ކުރިންނެވެ. އެ 35 މީހުންގެ ތެރޭގައި "ކާވިޔާ" ބޯޓުން ދަތުރު ކުރި އެރަށަށް ނިސްބަތްވާ އެންމެންނާއި، ކުޅުދުއްފުށީ ސީ ކްއީން ބޯޓުން ދަތުރު ކުރި އެރަށުގެ ބަޔަކު ހިމެނެއެވެ.

މީގެއިތުރުން ށ. ނަރުދޫ އަމާޒު ބޯޓު ގެ ކެޕްޓަން ވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެ އެބޯޓުގެ މި ކްލަސްޓާއާ ގުޅޭ 113 ކޮންޓެކްޓްސް ހޯދިފައިވާ ކަމަށާއި، އޭގެތެރެއިން 35 މީހުން ހައިރިސްކު ކޮންޓެކްޓްސްގެ ގޮތުގައި ފާހަގަކުރެވޭއިރު، 11 މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަމުންދާ ކަމަށް އެންއީއޯސީ އިން ވަނީ ބުނެފައެވެ.

އަމާޒް ބޯޓު ކްލަސްޓާ އާ ގުޅިގެން މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ށ. ނަރުދޫގެ 8 މީހަކާއި، ށ. މިލަންދޫ މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން