ކޯވިޑް-19 އާައި ގުޅިގެން އެކި ޚިދުމަތްތަކުގައި މަސައްކަތް ކުރާ ބައެއް ފުލުހުން
ކޯވިޑް-19 އާައި ގުޅިގެން އެކި ޚިދުމަތްތަކުގައި މަސައްކަތް ކުރާ ބައެއް ފުލުހުން
ކޯވިޑް-19 އާ ގުޅިގެން 130 ފުލުހަކު މިހާތަނަށް ކަރަންޓީން ކޮށްފައިވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮންމެ ޕޮޒިޓިވް ކޭހަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު ގިނަ ބަޔަކު ކަރަންޓީން ކުރާ ކަމަށެވެ. އެގޮތަށް ކަރަންޓީން ކުރާ މީހުން ނިސްބަތްވާ ތަންތަން މުޅިން ސާފުވެ އެ މައުލޫމާތު އެންއީއޯސީއަށް ލިބޭނީ އެެއް ދުވަސް ފަހުން ކަމަށާ އެހެންވެ އެ އަދަދު އަދި އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަަށް މަބްރޫކް ވިދާޅުވިއެވެ.

ނަމަވެސް ރޭގެ ނިޔަލަށް ކަރަންޓީންގައި ތިބި ކަމަށް މައުލޫމާތު ލިބިފައިވަނީ 130 ފުލުހުން ކަމަަށް މަބުރޫކް ވިދާޅުވި އެވެ.

މިހާތަނަށް ފުލުހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެއް ނުވެއެވެ. ނަމަވެސް ސިފައިންގެ ފަސް މީހަކު ވަނީ ބައްޔަަށް ޕޮޒިޓިވް ވެފައެވެ. އަދި އެމީހުންނާ ގުޅުންހުރި ގިނަ އަދަދެއްގެ އެހެން ސިފައިން ވެސް ވަނީ ކަރަންޓީން ކޮށްފައެވެ.

މިދިއަ އާދިއްތަ ދުވަހުގެ ރޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރ އިބްރާހިމް އަފްޒަލް ވިދާޅުވީ ޕޮޒިޓިވް ވެފައިވާ ސިފައިންގެ ތެރޭގައި ބަންޑާރަ ކޮށިން ޕޮޒިޓިވްވި ސިފައިންގެ މީހަކާއި، ކަޅުތުއްކަލާ ކޮށިން ޕޮޒިޓިވްވި ދެ މީހަކު ހިމެނޭ ކަމަށެވެ. އަދި ބަންޑާރަ ކޮށިން ޕޮޒިޓިވްވި ސިފައިންގެ މީހާއާ ގުޅިގެން 48 މީހަކު ފާހަގަ ވެފައިވާއިރު ކޭކޭއިން ޕޮޒިޓިވްވީ ސިފައިންގެ ދެ މީހުންނާ ގުޅޭ 46 މީހަކު ކޮންޓެކްޓް ޓްރޭސިންގެ ތެރެއަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން ދެން ޕޮޒިޓިވްވެފައި ވަނީ ކޮވިޑް ވިލެޖްގައި މަސައްކަތް ކުރަމުން ދިޔަ ސިފައިންގެ ދެ މީހެކެވެ. އެ ދެ މީހުން ޕޮޒިޓިވްވުމާއި ގުޅިގެން 23 މީހަކު ކޮންޓެކްޓް ޓްރޭސިންގެ ތެރޭގައި ހިމެނުނު ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން