ސަރުކާރުން މުޅިރާއްޖެއަށް އިޢުލާނުކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު މެއި މަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމަވައިފިއެވެ.
މިކަން އިއުލާންކުރައްވައި ހެލްތު މިނިސްޓަރ ނެރުއްވި ބަޔާނުގައި ވަނީ، ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޯވިޑް-19 ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށެވެ. އަދި މިގޮތަށް ނިންމަވާފައިވަނީ އެ ނުރައްކާ ކުޑަކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާތީކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރައްވާފައިވަނީ މާރޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށެވެ. އަދި އެމުއްދަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރުމަށް މިމަހުގެ 10 ވަނަ ދުވަހު ވަނީ ނިންމަވާފައެވެ. ތިންވަނަ ފަހަރަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު މިއަދު އިތުރު 30 ދުވަހަށް އިޢުލާންކޮށްފައި މިވަނީ ރާއްޖޭގެ މިހާރުގެ ޙާލަތަށް ރިޢާޔަތް ކުރުމަށްފަހުގައެވެ.
ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުންގެންދިޔުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް މިނިސްޓަރ ވަނީ އަންގަވާފައެވެ.
އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު 30 ދުވަހަށް ދަންމާލާފައިވާއިރު، މިއަދު އެކަނިވެސް ރާއްޖޭން ވަނީ 95 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ރާއްޖެއިން މިހާތަނަށް 396 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު