ކޯވިޑް-19 ޖެހިގެން ރޭ ނިޔާވި 83 އަހަރުގެ އަންހެން މީހާގެ ފިރިމީހާވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައި ކަމަށާއި، އެމީހާއަށް ދަރުމަވަންތައިގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓާސްކްފޯސްގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ އެ ފިރިހެން މީހާ ދަރުމަވަންތައަށް ބަދަލުކުރީ ނޭވާލާން އުނދަގޫވެގެން ކަމަށާއި، މިހާރު އޭނާގެ ޙާލު ރަނގަޅު ކަމަށެވެ.
މަބްރޫކް ވަނީ ކޯވިޑް-19 ޖެހިގެން ރޭ ނިޔާވި މީހާގެ މައްސަލަ މިހާރު ބަލަން ފަށާފައި ވާކަމަށް ހާމަކޮށްފައެވެ. އެގޮތުން ނިޔާވި މީހާ ނިސްބަތްވަނީ އެމްއެޗްއޭ ކްލާސްޓާއަށް ކަމަށް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، އެމްއެޗްއޭ ކްލަސްޓަރ ފެށިފައިވަނީ ކޭސް72 އާ ހިސާބުން ކަމަށާއި، ކޭސް 280 ވަނަ މީހާ ދިރިއުޅޭ އިމާރާތް އެޕްރީން21 ވަނަ ދުވަހު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެ މީހާ ފާހަގަ ކުރެވިފައިވަނީ 25 އޭޕްރީލްގައި ކަމަށާއި، މި ކޭސްގެ ޕްރައިމަރީ ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަކުރެވޭ 126 ވަނަ ކޭސް 14 އޭޕްރީލް ވީ ދުވަހު ވަނީ 280 ވަނަ މީހާއަށް ޒިޔާރާތްކޮށްފައި ކަަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ނިޔާވި މީހާގެ ސާމްޕަލް ނެގުމަށް ރިކުއެސްޓް ފޮނުވާފައި ވަނީ 27 ވަނަ ދުވަހު ކަމަށާއި، އެމީހާގެ ސާމްޕަލް އެރޭ ދަންވަރު ނަގާފައިވާ ކަމަށެވެ. އަދި 28 ވަނަ ދުވަހުގެ ހަވީރު 5 ޖެހިއިރު ވަނީ އެމީހާގެ ސާމްޕަލް އައިޖީއެމްއެޗަށް ފޮނުވާފައި ކަމަށާއި، އެމީހާގެ ނަތީޖާ ލިބުނީ ރޭ 12 ޖަހަނިކޮށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރޭ ނިޔާވި މީހާ ނޭވާލާން އުނދަގޫވެގެން އުޅޭކަން އެނގުނީ އިރުއޮއްސި 6:00 ހާއިރު ކަމަށާއި، އެކަމާ ގުޅިގެން އެމީހާ އައިޖީއެމްއެޗަށް ގެންދިޔައިރު އޮތީ ނިޔާވެފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ބަލިމީހާ އުފުލި އެމްބިއުލާންސްގައި ތިބި މީހުންނާއި ބެހޭ ގޮތުން އުފައްދާ ސުވާލު ތަކަށް ޖަވާބު ދެއްވަމުން މްބްރޫކް ވިދާޅުވީ އެމީހުން ދަނީ މޮނިޓަރިންގެ ހާލަތުގައި އޮތް ތަނަކަށްކަން އެމީހުންނަށް އެނގޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޯވިޑް-19 ގައި ރާއްޖޭގައި އެންމެ ފުރަތަމަ މީހާ ވަޅުލީ އިސްލާމިކް މިނިސްޓްރީއާއި ޓެގް ޓީމުން އެކަން ކުރަން ކަނޑައަޅާފައިވާ ގޮތަށް ތަޔަމްމަމްކޮށްފައި ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ. އިސްލާމިކް މިނިސްޓްރީން ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް މީހުންނާއި އަދި އަލާމާތް ހުންނަ މީހުން ތަޔަމްމަމްކުރުމަށް ލަފާދީފައެވެ.
ރޭ ނޫސްވެރިންނާއި ބައްދަލުކޮށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ކޯވިޑް-19 ގައި މީހަކު ނިޔާވުމުގައި އެއްވެސް ބައެއްގެ އިހުމާލެއްވޭތޯ ބެލުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު