ޗައިނާގެ ވިޔަފާރިވެރިޔާ ޖެކް މާ ރާއްޖެއަށް ފޯރުކޮށްދޭ އެހީއާއި ޗައިނާ ސަރުކާރާއި އިތުރު ހަ ފަރާތެއްގެ އެހީގެ ސާމާނު ހިފައިގެން ރާއްޖެއަށް ފްލައިޓެއް ދަތުރުކުރަން ފަށައިފި އެވެ.
ޖެކް މާ، ރާއްޖެއަށް ދޭން ނިންމި އެހީގެ ސާމާނާއެކު ފްލައިޓެއް ރާއްޖެއަށް މިސްރާބު ޖަހާފައިވާކަން ހާމަކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޒާން ލިއޮން އެވެ.
ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ޖެކް މާ މިކަން އިއުލާންކުރުމާއެކު ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން މިކަމުގައި އެހީތެރިކަން ފޯރުކޮށްދީފައި ވާނެ ކަމަށްވެސް ސަފީރު ވިދާޅުވެފައި ވެއެވެ. މި ފްލައިޓުން ގެންނަ އެހީގެ ސާމާނުގެ ތެރޭގައި ޗައިނާ ގުއަންގްޒީން ދޭ އެހީގެ އިތުރުން ޗައިނާގެ ހަ ވިޔަފާރިއަކުން ރާއްޖެއަށް ދޭ އެހީވެސް ހިމެނެއެވެ.
ޖެކް މާގެ އެހީގެ ސާމާނުގެ ތެރޭގައި ގިނަ އަދަދަކަށް މާސްކާއި ކޮރޯނާވައިރަސް ޓެސްޓް ކިޓުތަކާއި ވެންޓިލޭޓަރާއި އެހެނިހެން އެމަޖެންސީ ސަޕްލައިސް ހިމެނެއެވެ.
ކޯވިޑް-19 އިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވުމަށް ރާއްޖެ ހިމެނޭހެން އޭޝިއާގެ ބައެއް ގައުމުތަކަށް އެހީތެރިވާން ނިންމާފައިވާކަން ޖެކް މާ އިއުލާންކުރެއްވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެކި ގައުމުތަކަށް މިހާރު ވަނީ އެހީގެ ސާމާނު ފޮނުވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު