އެމްޓީސީސީގެ ފްރަންޓްލައިން މުވައްޒަފުން، ގެއަށް ނުގޮސް މަސައްކަތްކުރެވޭނެ އިންތިޒާމު އެކުންފުނިން ހަމަޖައްސަައިފިއެވެ.
އެމްޓީސީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގައި މިހާރު އޮތް ނާޒުކު ހާލަތަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ ކުންފުނީގެ ވިޔަފާރި ކުރިއަށް ގެންދިއުމުގެ އިސްތިރާޖީ ޕްލޭނާއި އެއްގޮތަށް އެމްޓީސީސީގެ އެކި ހިދުމަތްތަކުގައި ޝާމިލުވާ ފްރަންޓްލައިން މުވައްޒަފުން ގެއަށްނުގޮސް މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.
އެ ޕްލޭންގެ ފުރަތަމަ ފިޔަވަހީގެ ދަށުން މާލެ ސަރަހައްދުގައި އެމްޓީސީސީން ފޯރުކޮށްދޭ އާންމު ފެރީ، ސްޕީޑް ފެރީ، މެޓްރޯ ބަސް އަދި ޕްރައިވެޓް ހަޔާ ހިދުމަތުގައި މަސައްކަތްކުރާ ޕްރަންޓްލައިން މުވައްޒަފުން ގެއަށް ނުގޮސް މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ހުޅުމާލެ، މާލެ ފެރީ ޓާމިނަލް އާއި މާލޭ، ހުޅުމާލެ ފެރީ ޓާމިނަލް އަދި ވިލިނގިލި، މާލެ ފެރީ ޓާމިނަލުގައި އައިސޮލޭޝަން ފެސިލިޓީތަކެއް ވަނީ ގާއިމުކޮށްފައެވެ.
އެމްޓީސީސީން ބުނި ގޮތުގައި އެ ފެސިލިޓީތަކުގެ އެންމެ ބޮޑު މަގުސަދަކީ ކުންފުނީގެ މުވައްޒަފުންނާއި އެމުވައްޒަފުންގެ އާއިލާތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި މި ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރުމެވެ.
އެމްޓީސީސީން ދަނީ ވިލިމާލޭގައި ދިރިއުޅޭ ސިއްހީ ހިދުމަތްތެރިން މާލެއަށް ވަޒީފާއަށް ގެނެސްދިނުމަށް ފެރީގެ ޚިދުމަތް މިހާރުވެސް ފޯރުކޮށްދެމުންނެވެ. އަދި ވިލިނގިލި، ތިލަފުށި އަދި ގުޅިފަޅުގައި ދިރިއުޅޭ ރައްޔިތުންނަށް މުދާ ފެރީގެ ހިދުމަތް ވެސް ލޮކްޑައުން ހާލަތުގައި ދަނީ ފޯރުކޮށްދެމުންނެވެ.
އޭގެ އިތުރުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ބޭނުންވާ އެކި ކަހަލަ ލޮޖިސްޓިކް ސަޕޯޓް ފޯރުކޮށްދިނުމުގައި އެމްޓީސީސީގެ އުޅަނދުތަކާއި ވެހިކަލްތައް ދަނީ ބޭނުންކުރަމުންނެވެ.
އެމްޓީސީސީން ބުނީ މާލެ ސަރަހައްދުން ކޯވިޑް-19 އަށް ޝައްކުކުރެވޭ ފަރާތްތައް އައިސޮލޭޝަން ފެސިލިޓީތަކަށް ކަނޑު މަގުން ގެންގޮސްދިނުމާއި، އައިސޮލޭޝަން ފެސިލިޓީތަކަށް ބޭނުންވާ މުދާ ކަނޑު މަގުން ފޯރުކޮށްދިނުމާއި އެއްގަމު މަގުން ދެވޭ އެކިކަހަލަ ލޮޖިސްޓިކަލް ސަޕޯޓް ދެމުން އަންނަ ކަމަށެވެ. އެ ހިދުމަތްތަކުގައި ޕްރަންޓްލައިންގައި އެމްޓީސީސީގެ 40 މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ.
އޭގެ އިތުރުން އެމްޓީސީސީގެ ބަޔާނުގައި ބުނީ އާންމު ދަތުރުފަތުރުގެ ހިދުމަތުގެ އިތުރުން ކ. ތިލަފުށީގައި އެ ކުންފުނިން ހިންގާ ބޯޓްޔާޑުން ރައްޔިތުންނަށް ފޯރުކޮށްދޭ އެކިއެކި ހިދުމަތްތައް މިދަނޑިވަޅުގައި ވެސް ކުރިއަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން 120 މުވައްޒަފުން ތިލަފުށީގައި މިވަގުތު ވަނީ ސްޓޭޝަންވެފައި ކަމަށެވެ.
އެމްޓީސީސީގެ ފަރާތުން ކޯވިޑް-19 އަށް ތައްޔާރުވުމައްޓަކައި އެކުލަވާލި އެސްއޯޕީގެ ދަށުން ކުންފުނީގެ މުވައްޒަފަކު ބައްޔަށް ޕޮޒިޓިވް ވެއްޖެ ހާލަތެއްގައި، އެ މުވައްޒަފަކު ދާނީ ކަމާބެހޭ ފަރާތްތަކުން ހަމަޖައްސާފައިވާ އިންތިޒާމްތަކުގެ ތެރެއަށް ކަމަށާއި އަދި އެއީ ކުރިމަތިވެދާނެ ހާލަތެއްކަން ބަލައިގަނެ، އެކަމަށް ކުންފުނިން ތައްޔާރުވެފައި އޮތް ކަމަށް ވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު