އެމްޓީސީސީގެ 2021 ވަނަ އަހަރުގެ ޚާއްސަ ގޮތުން ކުރާ ޢާންމު ޖަލްސާ
އެމްޓީސީސީގެ 2021 ވަނަ އަހަރުގެ ޚާއްސަ ގޮތުން ކުރާ ޢާންމު ޖަލްސާ
އެމްޓީސީސީގެ 2021 ވަނަ އަހަރުގެ ޚާއްސަ ގޮތުން ކުރާ ޢާންމު ޖަލްސާ މިއަދު ބާއްވައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ބުނީ އެކުންފުނީގެ 2021 ވަނަ އަހަރުގެ ޚާއްސަ ގޮތުން ކުރާ ޢާންމު ޖަލްސާ މިއަދު ބާއްވައިފައިވަނީ "ފަހިވޯޓު" މެދުވެރިކޮށް ކަމަށެވެ. މި ޖަލްސާގައި 2020 ވަނަ އަހަރުގެ ޚާއްސަ ގޮތުން ކުރާ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކޮށް، ކުންފުނީގެ ހިންގާ ޤަވާއިދަށް ގެނެސްފައިވާ އިސްލާޙު ވަނީ ފާސްކޮށްފައެވެ.

އެގޮތުން ކުންފުނީގެ އަސާސީ ޤަވާޢިދަށް ގެނައި އިސްލާޙާއެކު އެ ކުންފުނީގެ ބޯޑުގައި ތިއްބަވާ ޑިރެކްޓަރުންގެ މަޤާމުގެ މުއްދަތު ވަނީ އިތުރު ދެ އަހަރަށް އިތުރުކޮށްފައެވެ. މިގޮތަށް ފާސްކޮށްފައިވަނީ 164 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.

މި ޖަލްސާގައި 19 ޙިއްސާ ދާރުން ބައިވެރިވެފައިވާއިރު، ޕްރޮކްސީ މެދުވެރިކޮށް 155 ޙިއްސާދާރުން ތަމްސީލު ކޮށްފައިވެއެވެ. އެމްޓީސީސީން ބުނީ ޖަލްސާގައި މުޅިއަކު ތަމްސީލުވީ 174 ޙިއްސާދާރުން ކަމަށާއި، އެއީ މުޅިއަކު 5،590،778 ޙިއްސާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން