މަތީތަޢުލީމު ޙާސިލުކުރި ދަރިވަރުންތަކެއް ދަސްވެނިމުމުގެ ޙަފްލާގެ ތެރެއިން
މަތީތަޢުލީމު ޙާސިލުކުރި ދަރިވަރުންތަކެއް ދަސްވެނިމުމުގެ ޙަފްލާގެ ތެރެއިން
މިއަހަރުގެ ސްޓޫޑަންޓް ލޯން ސްކީމަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯނު ލިބޭ ދަރިވަރުންގެ ލިސްޓު އާންމުކުރުން ފަސްކޮށްފި އެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި 770 ފުރުސަތަށް ކުރިމަތިލީ ދަރިވަރުންގެ ތެރެއިން ލޯނު ކަށަވަރުވާ ދަރިވަރުންގެ ލިސްޓު ފަސްކުރަން ނިންމީ ދަރިވަރުންނަށް ޖަވާބު ދިނުމަށް އިތުރު ވަގުތު ބޭނުންވާތީ ކަމަށެވެ. އަދި މިއީ ކޯވިޑް-19 ގެ ސަބަބުން ދިމާވި ދަތިކަމެއް ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މީގެ ކުރިން ވިދާޅުވެފައިވަނީ މިފަހަރު ލޯނު ދިނުމުގައި ކޮންމެހެން ދަރިވަރުގެ "މެރިޓް" އަށް ނުބަލާނެ ކަމަށާއި، މިފަހަރުގެ ލޯން ސްކީމްގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް 471 ފުރުސަތާއެކު އަލަށް ކިޔަވާ ދަރިވަރުންނަށް 299 ފުުރުސަތު ހިމަނާފައިވާނެ ކަމަށެވެ. ސްޓޫޑެންޓު ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓު އާންމުކޮށްފައި ވަނީ މިދިޔަ މޭ މަހުގައެވެ. ވަގުތީ ލިސްޓުގައި 417 ދަރިވަރެއްގެ ނަން ވަނީ ހިމަނާފައެވެ.

ހިލޭ ޑިގްރީ އަށް ރާއްޖޭގައި 10،000 ކުދިން ކިޔަވަމުން ދާއިރު، މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށްއެދި ލޯނުގެ ފުރުސަތަށް 1176 ކުދިން ވަނީ އެޕްލިކޭޝަން ހުށައަޅާފައެވެ. މިނިސްޓަރ އިބްރާހިމް ޙަސަން ވިދާޅުވީ، އެ އެޕްލިކޭޝަންތައް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ މުވައްޒިފުން ވަޒަންކުރާނީ ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއިއެކު ގެޒެޓްކުރެވިފައިވާ އުސޫލާއި އެއްގޮތްވާގޮތުގެ މަތިން އެއްވެސް ސިޔާސީ ނުފޫޒެއްނެތި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން