ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު (ކ). އާއި ޕީޖީ ޝަމީމް (ވ)
ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު (ކ). އާއި ޕީޖީ ޝަމީމް (ވ)
ވީޑިއޯ މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ގެންދިއުމަށް ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު ހުށައެޅުއްވި ހުށައެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ދެކޮޅު ހަދައިފިއެވެ.

މަސައްކަތުގެ މާހައުލުގައި ހިންގައިގެން ނުވާނެ ޢަމަލުތަކެއް ހިންގާފައިވާތީ މަޤާމުން ވަކިކޮށްފައިވާ ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ވީޑިއޯ ކޯލް މެދުވެރިކޮށް ކުރިއަށްގެންދިއުމަށް މިއަދު އޭނާ ވަނީ ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕީޖީ އޮފީހުން ވަނީ އެއީ ޤާނޫނު ދަންނަ ކަމެއް ނޫންކަމަށް ބުނެ، އެ ހުށައެޅުމަށް ދެކޮޅުކަން ކޯޓަށް އަންގާފައެވެ.

ޢަލީ ވަހީދުގެ ހުށައެޅުމާމެދު ކްރިމިނަލް ކޯޓުންވެސް އަދި ވަކި ގޮތެއް ނިންމަވާފައެއް ނުވެއެވެ. އަލީ ވަހީދު ރާއްޖެ ދޫކޮށް ފުރާފައިވަނީ މިމައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ފަށާފައިވަނިކޮށެވެ. އޭނާ ފުރައިގެން ދިޔައީ ތުރުކީ ވިލާތަށް ކަމަށް މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް އޭނާ މިހާރު ފިލައިގެން އުޅޭ ތަނެއް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަކަށް ނޭނގެއެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރު ބާތިލް ކުރުމުންނެވެ. އޭނާ ބޭސްފަރުވާއަށް ފުރުމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު ޢަލީ ވަނީ ޖާމިނުވެފައެވެ. ހަތަރު މަސް ދުވަހަށް އޮތް އެ އެއްބަސްވުން ހަމަވަނީ މިއަދު އެވެ. އެމައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ޝަރީއަތުގެ އަޑުއެހުންތައް ވީޑިއޯ ކޯލް މެދުވެރިކޮށް ކުރިއަށްގެންދިއުމަށް އަލީ ވަހީދު އެދިވަޑައިގަތަސް، ރާއްޖެއިން ބޭރުގައި ހުރި މީހެއްގެ ޝަރީއަތް ވީޑިއޯ ކޯލް މެދުވެރިކޮށް މީގެ ކުރިން ކުރިއަށްގެންގޮސްފައެއް ނުވެއެވެ. ޕީޖީން ވެސް ވަނީ އޭނާ ހާޒިރު ނުކުރެވުނު ކަމަށް ޝަރީޢަތުގައި ވެސް އެއްބަސްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން