ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އެކި ބަހަނާތައް ދައްކައިގެން ސިޔާސީ ފަރާތްތަކުން އުޅެނީ ސަރުކާރު ވައްޓާލަން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ސަރުކާރާއި ދެކޮޅަށް ފާޅުގައި ނުކުމެވަޑައިގެން ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ސިޔާސީ ގުޅުން ކަނޑުއްވާލެއްވިކަން ވަނީ އިއުލާންކުރަށްވާފައެވެ. އެކަމަށް އިޝާރަތް ކުރައްވަމުން އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ރީކޯ މޫސަ ވިދާޅުވީ، ‏ކޮވިޑާއި ގުޅިގެން މުޅި ދުނިޔެއަށާއި ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއި ގުޅިގެން ރާއްޖެއަށްވެސް ކުރިމަތިވި، ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރުމުގެ ބަދަލުގައި އެކި ބަހަނާ ދެއްކުމަށްފަހު ރާއްޖޭގެ ގިނަ ސިޔާސީ ފަރާތްތަކުން އަަރުވާޖަހައިގެން މިހާރު ނުކުމެ ތިބީ ސަރުކާރު ވައްޓާލަން ކަމަށެވެ.

ކޮވިޑްގެ ހާލަތަށް މިހާރު ލުއިތަކެއް ދިނުމުން ރާއްޖޭގެ ފަތުރުވެރިކަން އަނބުރާ، ހޭރިޔާވަމުންދާ މިދަނޑިވަޅުގައި ސިޔާސީ ފަރާތްތަކުން ފަތުވެރިކަން ފުޑާލުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ރީކޯ މޫސަ ވިދާޅުވިއެވެ.





"ރާއްޖެއަށް ފަތުރުވެރިން ނާންނާނެ ހުރިހާ މެސެޖެއް އެކި ވަސީލަތްތައް މެދުވެރިކޮށް ސިޔާސީ މީހުން ގެންދަނީ ދުނިޔެއަށްދެމުން. ފަތުރުވެރިކަން ފުނޑާލުންމީ އެ ވެރިން ސަރުކާރު ވައްޓަން އަބަދު ޖަހާމަޅިއެއް؟" މޫސަ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވަނީ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ހުށައަޅައި ބޮޑުވަޒީރު ކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެމްޑީޕީގެ ތެރޭގައި ހުޅުފަޅައިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު ދިން ބޮމުގެ ހަމަލާ އަށްފަހުއެވެ.

އެހާދިސާ އަށްފަހު ސަރުކާރުން ވަނީ ނަފުރަތުގެ ކުށް ކަނޑައަޅާ ބިލެއް މަޖިލީހަށް ހުށައަޅާފައެވެ. ސަރުކާރުން ފޮނުވި އެ ބިލް ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމާއެކު ފާސްކުރަން ސަރުކާރުން ފަސްޖެހޭކަމަށް ބުނެ އެމްޑީޕީގެ ތެރޭގައި ވަނީ ބޮޑެތި މައްސަލަތަކެއް އުފެދިފައެވެ. އެންމެފަހުން ރައީސް ސޯލިހާއި ސިޔާސީ ގުޅުން ކަނޑުއްވާލައްވައި އިދިކޮޅު ލީޑަރު، ރައީސް އަބުދު ﷲ ޔާމިންއާއި ޕީޕިއެމާއިއެކު މަޝްވަރާކުރުމުގެ ޝައުގުވެރިކަން ރައީސް ނަޝީދު ފާޅުކުރެއްވީ އެބިލާ މެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި އެއްގަލަކަށް ނޭރިގެންކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-11

ބެއްޔާ

26-Jul-2021

ހިހޫ ތަނުން ކައިގެން އުޅޭ ތަންދޮރު ނުދަންނަ މަކަރުވެރި ޖާހިލެއް.



ޓްރެންޑިން