އެމްޑީޕީގެ އެއްވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ބެހޭގޮތުން އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ކިބައިން ބަދަލު ހޯދޭނެ ކަމަށް ފެމިލީ ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރަން ހައި ކޯޓަށް ހުށަހަޅައިފިއެވެ.
އެމްޑީޕީން މިދިޔަ މާޗް މަހު ބޭއްވި މުޒާހަރާއެއްގައި، ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނިންމެވި ނިންމެވުން ރައީސްގެ ދަރިކަލަކާ ގުޅުވައިގެން މަންދީ ވާހަކަ ދެއްކި މައްސަލާގައި މަންދީގެ އިތުރުން އެމްޑީޕީ އާއި ފައްޔާޒްގެ މައްޗަށް ފެމެލީ ކޯޓުގައި ދައުވާ ކުރެއްވީ ރައީސްގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދެވެ.
މި މައްސަލައިގައި ފެމެލީ ކޯޓުން ކުރި ހުކުމްގައި ވަނީ މަންދީ ދެއްކި ވާހަކަތަކުން ރައީސްގެ ދަރިކަލުންގެ ކަރާމާތް ގެއްލިފައިވާ ކަމަށެވެ. އަދި އެ ވާހަކަތައް މަނާކުރުމުގެ ބަދަލުގައި އެކަމަށް ހިތްވަރު ދީފައިވާކަން ސާބިތުވާތީ އެމްޑީޕީ އާއި ފައްޔާޒް އެކަމަށް ޒިންމާވާން ޖެހޭނެ ކަމަށްވެސް ހުކުމުގައި ވެއެވެ.
އެހެންވެ، އެމްޑީޕީ އާއި ފައްޔާޒްގެ ފަރާތުން ބަދަލު ހޯދުމުގެ ހައްގު ފަސްޓްލޭޑީއަށް ލިބިވަޑައިގަންނަވާނެ ކަމަށް ހުކުމުގައި ވެއެވެ.
އެ މައްސަލައިގައި ފެމިލީ ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރީ މަންދީ، ފައްޔާޒު އަދި އެމްޑީޕީގެ ފަރާތުންނެވެ. މިދިޔަ ހަފުތާގައި ހައިކޯޓަށް ހުށަހެޅި އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު