ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ގެއްލެމުންދާ ކަމަށާއި، ޕާކިސްތާނާއެކު މިލިޓަރީ ގުޅުންތައް ފުޅާކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ، ރާއްޖެއަށް އޭގެ ނުރައްކާ އޮތް ކަމެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ނަޝީދު މި މޭރުމުން ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދިފާޢީ ދާއިރާއިން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ، ދުނިޔޭގެ ބޮޑެތި އަދި ވާދަވެރި ޤައުމުތަކުގެ ދެބަސްވުންތަކުގެ ތެރެއަށް ރާއްޖެ ވަދެގެން ނުވާނެ ކަމަށެވެ. އަދި މިފަދަ ނާޒުކު ދަނޑިވަޅެއްގައި ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އަވައްޓެރި އިންޑިއާގެ ޤައުމީ ސަލާމަތާ ގުޅިފައިވާ ކަންބޮޑުވުންތައް އިތުރުވެގެންދާނެ ސަބަބެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރަށްވާ ދަތުރުފުޅާ ގުޅިގެން ދިވެހިރާއްޖޭގެ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، ރައީސް ޑރ. މުޢިއްޒުގެ މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ދިފާޢީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ދެ ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދިފާޢީ ދާއިރާއިން ޢާންމުކޮށް އެއްބާރުލުން ދިނުމާ ގުޅޭ ފަހުމުނާމާއަކާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ ފަހުމުނާމާއެކެވެ.
އެކަމާ ގުޅިގެން ސަރަޙައްދީ ބާރުތަކުގެ މެދުގައި އޮންނަ ނުތަނަވަސްކަމުގެ ތެރެއަށް ރާއްޖެ ވެއްދުމަކީ ޤައުމުގެ މިނިވަންކަމާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ސިފަކުރައްވައި، އިދިކޮޅު ފަރާތްތަކުންނާއި ކުރީގެ ރައީސް ނަޝީދު ގެންދަވަނީ ސަރުކާރުގެ މި ނިންމުމަށް ފާޑުވިދާޅުވަމުންނެވެ.

Raees Dr. Muizzu ge siyaasath thakuge sababun Raajjeyge salaamathaai rakkaatherikan midhanee gellemun. Vaadhaveri Qaum thakuge dhebasvun thakuge thereah Raajje vadhegen nuvaane. Pakistan aai eku military gulhun thah fulhaa kurumakee India ge kanboduvun ithuru vaane kameh. Raajje ah nurakkaa vaane kameh.
— Mohamed Nasheed (@MohamedNasheed) October 23, 2026
ރައީސް މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރަށްވާ ދަތުރުފުޅާ ގުޅިގެން ދިވެހިރާއްޖޭގެ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، ރައީސް ޑރ. މުޢިއްޒުގެ މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ދިފާޢީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ދެ ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދިފާޢީ ދާއިރާއިން ޢާންމުކޮށް އެއްބާރުލުން ދިނުމާ ގުޅޭ ފަހުމުނާމާއަކާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ ފަހުމުނާމާއެކެވެ.
އެކަމާ ގުޅިގެން ސަރަޙައްދީ ބާރުތަކުގެ މެދުގައި އޮންނަ ނުތަނަވަސްކަމުގެ ތެރެއަށް ރާއްޖެ ވެއްދުމަކީ ޤައުމުގެ މިނިވަންކަމާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ސިފަކުރައްވައި، އިދިކޮޅު ފަރާތްތަކުންނާއި ކުރީގެ ރައީސް ނަޝީދު ގެންދަވަނީ ސަރުކާރުގެ މި ނިންމުމަށް ފާޑުވިދާޅުވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު