ދިވެހި އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަމާއި އުފާވެރިކަން ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއް ކަމަށާއި، އެއީ ރާއްޖެ ނިކަމެތިކަންމަތީ ބޭއްވުމަށް ޖަހާ މަޅިއެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރަައީސް ނަޝީދު މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނު ދަންނަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ އަމިއްލަ ވިސްނުން ނޭފަތުކުރިއަށްވުރެ ދުރަށް، އަދި ރަށުގެ ގޮނޑުދޮށުންނާއި، އަތޮޅު ދުނިންނާއި، ރާއްޖޭގެ އަސްދަނޑިން ބޭރަށް ގެންދިއުމަށް އުފެދިގެން އައި ޕާޓީއެއް ކަމަށެވެ. އަދި އެއީ ތަފާތު ސަގާފަތްތަކަށް ޖާގަދޭ (މަލްޓިކަލްޗަރަލް) އަދި ލިބަރަލް ފިކުރުގެ ޕާޓީއެއްގެ ގޮތުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އަބަދުވެސް ދެކެމުން އައީ، ރައްޔިތުން އެދެނީ ތަނަވަސްކަމާއި، ހާސްކަމެއް ނެތް ތާހިރު ދިރިއުޅުމަކަށް ކަމަށެވެ. ހަމައެއާއެކު، ރާއްޖޭގެ ތަނަވަސް ޢާއިލާތަކުގެ ބޭފުޅުންގެ މިލްކިއްޔާތުގައި ސްރީލަންކާގަޔާއި މާލޭގައި ބިމާއި ގެދޮރު ހުންނަ ކަމަށާއި، އަދި އެ ބޭފުޅުންގެ ދަރިން ބޭރު މީހުންނާ ކައިވެނިކޮށްގެން ބޭރުގައި ދިރިއުޅޭކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
"ޓަކާ ޓަކާ ގޮވައިގެން ދިވެހި ޢާއްމު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާ ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއް. ރާއްޖެ ނިކަމެތި ކަމުގައި ބާއްވަން ޖަހާ މަޅިއެއް." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ރައީސް މުޙައްމަދު ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި އިގްތިސާދީ ތަރައްގީއަށް އަމާޒުކޮށްގެން ފަށަން މަސައްކަތްކުރާ ރެސިޑެންސީ އަދި އިންވެސްޓްމަންޓް ޕްރޮގްރާމްތަކާ ގުޅިގެން، ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކުމާ މެދު އާންމުންގެ މެދުގައި ބަހުސްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއަށް ފުރިހަމައަށް ތާޢީދު ކުރަށްވާ ކަމަށް އެމަނިކުފާނު މީގެކުރިން ވަނީ ވިދާޅުވެފައެވެ.
ރަސްމާލެ މަޝްރޫއާ ގުޅިގެން އެމްޑީޕީގެ ބައެއް ބޭފުޅުންގެ ފަރާތުން ފެންނަމުންދާ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރަށްވަމުން ނަޝީދު މީގެ ކުރިން ވިދާޅުވީ، ބޭރު މީހުންނަށް ނަފުރަތު ކުރުމާއި، ހަރުކަށި ވަތަނީ ވިސްނުންތަކަށް ޕާޓީގެ ތެރެއިން ޖާގަ ދިނުމަކީ އެމްޑީޕީ އުފެއްދި އަސާސްތަކާއި ސިޔާސީ އައިޑެންޓިޓީއާ މުޅިން ޚިލާފު ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު