2005 ވަނަ އަހަރު ރާއްޖޭގެ އަސްދަނޑިން ބޭރުވާން ގޮވާލި އެމްޑީޕީން މިއަދު މަސައްކަތް ކުރަމުންދަނީ ދިވެހި އަސްދަނޑި ލެއްޕުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢު ހުއްޓުވުމަށް އެމްޑީޕީގެ ބައެއް މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވާތީ، އެކަމަށް ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާގެ ޕޯސްޓުގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުތަކާ ގުޅޭގޮތުން ވާހަކަދައްކަންވާނީ އެ ބިލުތައް ރަނގަޅަށް ކިޔައި ދިރާސާކުރުމަށްފަހު ކަމަށެވެ. އަދި ބޭރު ޤައުމުތަކުގެ ގިނަ އަދަދެއްގެ މީހުން ތަފާތު އެކި ވިސާތަކުގައި ރާއްޖެ އައިސް، އެކި ކަންކަމުގައި ދިރިއުޅެމުންދާތާ އެތައް އަހަރެއް ވެފައިވާކަން ފާހަގަކުރައްވަމުން ވައްޑެ ވިދާޅުވީ، އެއީ އަލަށް ހިނގާ ކަމެއް ނޫން ކަމަށާއި އަދި އެއީ ރާއްޖޭގައި ވަޒަންވެރިވުން ނޫން ކަމަށެވެ.
މީގެއިތުރުން، ދިވެހިން އިޒްރޭލާ ގުޅުން ކަނޑާލައިގެން އުޅޭއިރު، އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އަކީ ދިވެހިންގެ އެކުވެރި، އަޚުވަންތަ ޤައުމެއްގެ ގޮތުގައި އަބަދުވެސް ބަލަމުން އަންނަ ޤައުމެއްކަން ވައްޑެ ފާހަގަކުރެއްވިއެވެ. އަދި ޔޫއޭއީގެ ތަރައްޤީ ފަޚުރަކަށް ހަދައިގެން މީގެކުރިން އެންމެ ގިނައިން މިސާލު ނެގީވެސް މިއަދު ރަސްމާލޭ މަޝްރޫޢާ ދެކޮޅަށް ފާޑުކިޔަމުންދާ ފަރާތްތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގައި ރިސޯޓުތައް ހިންގާ ބައެއް ފަރާތްތަކުން މީގެކުރިން ދިވެހި ރަށްތަކުގެ ހަޤީޤީ އަގު ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށްވެސް ވައްޑެ ތުހުމަތު ކުރެއްވިއެވެ.
"ރަސްމާލެއާއެކު 54 އަހަރު ފަހުން އެއްކަމެއް އެބަ ސާފުވޭ. ރާއްޖޭގެ ރަށްރަށާއި ފަޅުފަޅުގެ އަގު ފިސާރި ބޮޑުކަން." ވައްޑެ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކުދިކުދި ވަކިލާރިކޮޅަކަށް މުޅި ރާއްޖެ ހިސޯރުކޮށްގެން ތިބި މަހުޖަނުންނަށް، އިތުރަށް ރާއްޖޭގެ ހުރިހާ ވަސީލަތްތަކާއި މުޅި ދައުލަތް އަޅުވެތިކޮށްގެން ނުތިބެވިދާނެ ކަމުގެ ބިރު ހީވުމުން، ނިތްކުރީގައި ފޮތި ބަންނުވައިގެން އެމީހުން އަބަދުވެސް ގެންގުޅޭ ފިދާއީން ނެރެ "ހަނގުރާމައަށް" ނުކުންނާނެކަން މިހާރު އެންމެންނަށްވެސް އެނގޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު