މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި 4 މީހުން، ފޮޓޯ: ފުލުހުން
މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި 4 މީހުން، ފޮޓޯ: ފުލުހުން
މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމެންޓެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު ނަންބަރު ރސ. 10367 / މާލެ، ޙަސަން އަނަސް (22އ) އާއި އަތަގަސްދޮށުގެ / ދޫޑިގަން.ޏ. ފުވައްމުލައް، މޫސާ ޝަހީމް (22އ) އާއި އާވެލި / ބ. ގޮއިދޫ، ޙުސައިން ޝަރުވާން (25އ) އަދި ނޭޕާލް ރައްޔިތެއްކަމަށްވާ ނިޝާ ރާއި (21އ) އެވެ.

ފުލުހުން ބުނީ މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަނުގައި ބަލައިފާސްކުރި ތަންތަނުން މަސްތުވާތަކެތި ފެނިފައިވާއިރު، އެ ތަކެތީގެ ބަރުދަނަކީ 377.39 ގްރާމު ކަމަށް ފުލުހުން ހާމަކުރިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙަސަން އަނަސް 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާއިރު، މޫސާ ޝަހީމް އާއި ޙުސައިން ޝަރުވާން 5 ދުވަހުގެ މުއްދަތަކަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ. އަދި ނިޝާ ރައި އަށް ކޯޓުން ވަނީ 1 ދުވަހުގެ މުއްދަތެއް ދީފައެވެ

މިމައްސަލާގައި ނިޝާ ރާއީއަށް ދީފައިވާ އެއް ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް މުއްދަތަށް ކޯޓަށް ހާޒިރުކުރުމުން އެއް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އަދި ދެވަނަ ފަހަރަށް ދީފައިވާ އެއް ދުވަހުގެ މުއްދަތު ހަމަވުމުން ތިން ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު