މާފުށީ ޖަލުގައި ތިބި ހަރުކަށި ފިކުރުގެ ޤައިދީން ވަކި ޔުނިޓަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކޮށްފިއެވެ.

ހަރުކަށި ފިކުރުގެ ޤައިދީން ވަކި ޔުނިޓަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށް ކަރެކްޝަނުން ހާމަކޮށްފައި މިވަނީ، ޖަލުގައި ހަރުކަށި ފިކުރު ފަތުރަމުންދާކަމަށް ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ.

މޯލްޑިވްސް ކަރެކްޝަނުން ބުނީ ޖަލުގައި ތިބި ގައިދީންގެ ތެރެއިން ހަރުކަށި ފިކުރުގެ ގައިދީން، ވަކި ޔުނިޓަކަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ. އަދި ހަރުކަށި ފިކުރުގެ ގައިދީން ބަދަލުކުރުމަށް ހަމަޖެހިފައިވާ ޔުނިޓްގެ މަސައްކަތްވެސް މިދިޔަ ފެބްރުއަރީމަހު ނިމިފައިވާކަމަށްވެސް މޯލްޑިވްސް ކަރެކްޝަނުން ބުނެފައި ވެއެވެ.

ކަރެކްޝަނުން ބުނީ ހަރުކަށި ފިކުރަށް ތާއީދުކުރާ ޤައިދީން ދެނެގަތުމުގެ މަސައްކަތްކުރުމަށް ޚާއްސަ އެސެސްމަންޓަށް ހަދާނެކަމަށެވެ. އަދި ވަކި ޔުނިޓަކަށް އެ ފަރާތްތައް ބަދަލުކުރުމުގެ މަސައްކަތް އަންނަ މަހުން ފެށިގެން ކުރިއަށްދާނެކަމަށް ކަރެކްޝަނަލް ސަރވިސުން ބުނެއެވެެ.



ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މީގެކުރިން ވިދާޅުވިގޮތުން، ޖަލުތަކުގައި 40 އާއި 50އާ ގާތްކުރާ އަދަދަކަށް ހަރުކަށި ފިކުރަށް ތާއިދުކުރާ ގައިދީން އުޅޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން