ސުރުޚީ ގައި އޮތީ އައްސުލްޠާން ޙަސަން ނޫރައްދީން ގެކޮޅުގައި ބަންދުކުރެވުނު ވާހަކައެކެވެ. އެކަމަކު ލިޔަން މިއުޅެނީ އަައްސުލްޠާން ޙަސަން ނޫރައްދީން (2) ގެ ނަމުގައި ދިވެހިރާއްޖޭގެ ރަސްކަންކުރެއްވި އަލްއަމީރު މާޖެހިގަނޑުވަރު މަނިއްޕުޅު ރަސްކަމަށް ވަޑައިގެންނެވުމުގެ ކުރީން ވެރީންނަށާއި ސަރުކާރަށް ޚިޔާނާތެރިވެވަޑައިގެން 1 އަހަރު ދުވަހަށް ގެކޮޅުގައި ބަންދުކުރެއްވުނު ވާހަކައެވެ.
މިކަމެއް ހިނގީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3) ގެ ރަސްކަމުގެ 29 ވަނަ އަހަރު (1348 ހ.) ގެ ރަޖަބު މަހު 15 ވަނަ ދުވަހުއެވެ. އެއީ މީލާދީ ގޮތުން 17 ޑިސެންބަރު 1929 އެވެ.
ތިރީގައި މި ނަކަލު ކޮށްލާނީ ޝަމްސުއްދީން ރަދުންގެ ދުވަސްވަރުގެ ޔައުމިއްޔާގައި އެވާހަކަ ލިޔެފައިވާ ގޮތެވެ. މި ޔައުމިއްޔާގެ ކޮޕީއެއް ދިވެހިބަހުގެ އެކެޑަމީގެ ލައިބްރަރީގައި އޮންނާނެއެވެ. ތިރީގައިވާ ނަކަލުގައި ބްރެކެޓުގެ ތެރޭގައި ހުންނާނީ އިތުރު ތަފްސީލެއް ދިނުމުގެ ގޮތުން އަޅުގަނޑު އިތުރުކުރި ބައިތަކެކެވެ.
"شمس الدين ރަދުންގެ ތިރީސް ވަނަ އަހަރު رجب مه 21 މި ދުވަހު السّلطان محمد عمادالدين إسكندر إبن السّلطان محمد معين الدين إسكندر މި ރަދުންގެ ދޮށީ މަނިއްފުޅަށް ހަދޭގިރިގޭ ދީދީގެ ބަޑުފުޅުން ލިބިވަޑައިގަތް ކުޑަކިބާ މަނިއްފުޅޭ ކިޔުނު މަނިއްފުޅަށް (މި ކުޑަކިބާ މަނިއްފުޅަކީ އައްސުލްޠާން އިބްރާހީމް ނޫރައްދީން އިސްކަންދަރުގެ ރަސްކަމުގެ ދެ ދައުރުގެ ދެމެދުން ރަސްކަންކުރެއްވި ކުޑަބަންޑާރައިންގެ ގޮތުގައި މަޝްހޫރުވި އައްސުލްޠާން މުޙައްމަދު މުޢީނުއްދީނު 2 އެވެ.) ދަޑިކޮށީގޭ ދީދީގެ ބަޑުފުޅުން ލިބިވަޑައިގަތް މާޖެހިގަޑުވަރުގާ ހުންނަވާ މަނިއްފުޅު ވެރިންނަށާއި ސަރުކާރަށް خيانة ތެރިކަމެއް ކުރެއްވެވުނު ފަދަ ވިޔާނުވާ ވާހަކަފުޅުތަކެއް ހަދޭގިރިގޭ موسى މަނިކުގެ ތުއްތު ދައްކައިގެން އެވާހަކައިގާ ހިއްޕެވިގެން އެވާހަކަފުޅު ދެއްކެވުމާއި ގޯސް ހެއްދެވިގެން އެކަން ބޮޑުބަޑޭރިގޭގައި ބޮޑުންގެ މަޖިލީހުގައި ފަޑިޔާރުގޭގެ ފަރާތުން ބައްލަވައި އެމަނިއްފުޅާއި އެތުއްތު ކުށްވެރިވެގެން ރަދުންގެ އޮނަތިރީސް ވަނަ އަހަރު رجب مه 15 ދުވަހު (މީލާދީ ގޮތުން 17 ޑިސެންބަރު 1929) އެމަނިއްފުޅު ހުންނަވާ ގެކޮޅުން ނުކުމެވަޑައިނުގެން ހުންނެވުމަށް އަހަރު ދުވަހުގެ މުއްދަތަށް ރަދުންގެ އަރިހުން ބަޑޭރިބޭކަލުން ފޮނުއްވައި އަންގަވައި އެތުއްތު އަރުވާލެއްވެވީއެވެ. ދެން އެމަނިއްފުޅަށް ހުންނަވާ ގެކޮޅުން ނުކުމެވަޑައިނުގަންނަވާ ހުންނެވުމަށް ދެއްވި މުއްދަތް ހަމަވުމާއިއެކު ވެރިންނަށް އާދޭސް ދެންނެވިގެން معاف ކުރައްވާފައި އިހުފަދައިން ނުކުމެވަޑައިގެން އުޅުއްވުމަށް امر ފުޅު ދެއްވެވީއެވެ. ދެން މީގެ ފަހުގައިވެސް ބަންޑާރައިންނަށާއި ސަރުކާރަށް عداواة ތެރިވެވަޑައިގެން އަދި خيانة ތެރިވާފަދަ ކަމެއް ނުކުރައްވައި ރަގަޅަށް އުޅުއްވޭތޯ ބައްލަވާށެވެ. އަދި އެފަދަ ކަމެއް ބަޔަކު ކުރާކަން އެނގިވަޑައިގަތަސް އެކަން ބަންޑާރައިންގެ އަރިހުގައި ދަންނަވައި ސަރުކާރުގެ ކަންތައްމަތީ އިސްވެތިއްބެވި ބޭފުޅުންނަށް އަންގަވާށެވެ. سنة ١٣٤٩ (މީލާދީ ތާރީޚަކީ 12 ޑިސެންބަރު 1930)"
އަލްއަމީރު މާޖެހިގަނޑުވަރު މަނިއްޕުޅަކީ އަައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3) އަށް ފަހު ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި ވެޑުވުނު ރަދުންނެވެ. އެ މަނިއްޕުޅު ތަޚުތުގައި ވެޑުވުނީ މީލާދީން 1935 ވަނަ އަހަރުގެ ފެބްރުއަރީ 22 ގައެވެ. ރަސްކަމަށް ކޮލި ލެވުނީ 1938 ވަނަ އަހަރުގެ އޮގަސްޓު 20 ގައެވެ. ކޮލީ ނަންފުޅަކީ އައްސުލްޠާން ޙަސަން ނޫރައްދީން ސިރީ ކުލަ ސުދާ އިރަ ސިޔާކަ ސާސްތުރަ އައުދަ ކީރިތި ކައްތިރި ބަވަނަ މަހާރަދުންނެވެ. އެހެންނަމަވެސް އޭގެ 4 އަހަރާއި 8 މަސް ފަހުން 1943 ވަނަ އަހަރުގެ އޭޕްރިލް 8 ވަނަ ދުވަހު، އެ މަނިއްޕުޅު އަމިއްލަފުޅަށް ރަސްކަމުން އިސްތިއުފާ ދެއްވިއެވެ.
އައްސުލްޠާން ޙަސަން ނޫރައްދީން (2) އަކީ އައްސުލްޠާން ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) ގެ އައްސުލްޠާން ޙަސަން ނޫރައްދީން (1) ގެ އައްސުލްޠާން މުޙައްމަދު މުޢީނުއްދީނު (1) ގެ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު (4) (މުސްކުޅި ބަންޑާރައިން) ގެ އަލްއަމީރު ޙަސަން ޢިއްޒުއްދީން (މާންދޫގޭ ބޮޑުދޮށީ މަނިއްޕުޅު / ލޯފަން މަނިއްޕުޅު) ގެ އައްސުލްޠާން މުޙައްމަދު މުޢީނުއްދީނު (2) ގެ ދަރިކަލުންނެވެ. އެގޮތުން އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު (6)، އާދެ، ޙާޖީ ޢިމާދުއްދީނަކީ އެރަދުންގެ ބޮޑުބޭބޭފުޅެވެ.
ރަސްކަމުން އިސްތިއުފާ ދެއްވުމަށް ފަހު އަލްއަމީރު ޙަސަން ނޫރައްދީންގެ ގޮތުގައި ހުންނެވުމަށްފަހު އެ މަނިއްޕުޅު އަވަހާރަވީ 15 އޭޕްރިލް 1967 ގައެވެ.
ލިޔުނީ: މުޙައްމަދު ނާޖިޙު

ކިޔުންތެރިންގެ ހިޔާލު