ސްކޫލްތަކުގައި ވަޒީފާ އަދާކުރާ ޓީޗަރުންނާއި މުވައްޒަފުން ވެކްސިން ނުޖަހައިގެން ވަޒީފާއިން ވަކިކުރާނެ ކަމަށް ބުނެފައި ނުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ވެކްސިން ނުޖަހާ މުވައްޒަފުންނަށް ސެޕްޓެމްބަރ 1 ގެ ފަހުން ސްކޫލަށް ނުވަދެވޭނެ ކަމަށްބުނެ އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވަނީ ސްކޫލްތަކަށް އެންގުމެއް އަންގަވާފައެވެ. އޭގެ އިތުރުން ވެކްސިން ނުޖަހާ ޓީޗަރުން ސިވިލް ސާވިސް ކޮމިޝަންގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވި ކަމަށް ބަލައި ފިޔަވަޅު އަޅާނެކަމަށް އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ވިދާޅުވި ކަމަށް އޮންލައިން ނޫހަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އެކަމާ ގުޅޭގޮތުން އެޑިއުކޭޝަންގެ ޕީއެސް އަހުމަދު ރޭ ވިދާޅުވީ ވެކްސިން ނުޖަހާ މުވައްޒަފުން ވަކިކުރާނެ ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށާއި އެފަދަ ނިންމުމެއް ވެސް ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް ސެޕްޓެމްބަރ 1 ގެ ކުރިން ހުރިހާ މުވައްޒަފުން މަދުވެގެން ވެކްސިންގެ 1 ޑޯޒް ޖެހުމަށް ބާރު އަޅުއްވާފައިވާނެ ކަމަށް އަޙްމަދު ވިދާޅުވިއެވެ.
2021 ވަނަ އަހަރުގެ ދިރާސީ އަހަރު މިއަދު ފަށާފައިވާއިރު މިހާތަނަށް 96 އިންސައްތަ ޓީޗަރުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށާއި ގިނަ އަދަދެއްގެ ޓީޗަރުން ދެވަނަ ޑޯޒްވެސް ފުރިހަމަ ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު