ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ދީނީ އެއްބައިވަންތަކަން ނަގާލަން ކުރާ މަސައްކަތްތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ގޮވާލައްވައިފިއެވެ.

ފުލުހުން މިއަދު ވަނީ ސޯޝަލްމީޑިއާ މެދުވެރިކޮށް ރާއްޖޭގައި ނަޞާރާދީން ފަތުރަން މަސައްކަތްކުރަމުންދާކަން އެއިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ބުނެފައެވެ. އަދި އެކަމާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް ޕޭޖްތަކާ ބްލޮގްތައް ހަދައިގެން އެއްވެސް ހުރަހެއް ނެތި ރާއްޖެއިން ވަދެވޭ ގޮތަށް ހިންގަމުންދާއިރު މިހާތަނަށް ވެސް ކަމާބެހޭ އެއްވެސް ފަރާތަކުން އެކަމަށް ފިޔަވަޅު އަޅާފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ "ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގާލަން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް އަވަސް ފިޔަވަޅު އަޅަންޖެހޭ" ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް ވިދާޅުވީ ސޯޝަލް މިޑިއާ މެދުވެރިކޮށް ރާއްޖޭގައި ކްރިސްޓިއަން ދީން ފެތުރުމަށް ދިވެހި ބަހުން އަޑުއަޅާފައިވާ ވީޑިއޯތަކެއް ދައުރުކުރަމުންދާކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް އަފްރާހް ވިދާޅުވެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 2019 ވަން އަހަރުން ފެށިގެން އެފަދަ ޕްލެޓްފޯމްތަކުގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނައި ނަމަވެސް އަދި މިހާތަނަށް އެފަދަ ޕޭޖްތައް ހުއްޓުމަކަށް ގެނެވިފައިނުވާކަމަށެވެ.

ޢީސާގެފާނުގެ ވާހަކައިގެ ނަމުގައި ޝިރުކުގެ ގިނަ ވާހަކަތައް ހިމެނޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި ޙިއްސާ ކުރަމުންދާ މައްސަލަ ބޮޑުވެފައިވާއިރު އެފަދަ ޕޭޖްތަކަށް ފޮލޯ ކުރާ ދިވެހިންގެ ޢަދަދުވެސް މަދުނޫންކަން ވަނީ ފާހަގަ ކުރެވިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން