އައްޑޫސިޓީ ފޭދޫ މަސްޖިދުލް އަމާނީއަށް ބޮޑުކަމުދިޔަ މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ފުލުހުންގެ ބަންދުން ދޫކޮށްލީ އޭނާގެ ހާލަތު ދެނެގަތުމަށް ހައްޔަރުކުރި ދުވަހު ޑޮކްޓަރަށް ދެއްކުމުން، އޭނާ ޖަލުގައި ބަހައްޓިފިނަމަ އިތުރަށް ހާލަތު ގޯސްވާނެ ކަމަށް ޑޮކްޓަރުން ލަފާދިނުމާ ގުޅިގެންނެވެ. ފުލުހުންވަނީ މިހާރު އެމީހާ އޭނާގެ ޢާއިލާއާއި ޙަވާލުކޮށްފައެވެ.
ސިކުނޑީގެ އުނިކަމެއް ހުންނަކަމަށް ބުނާ އެމީހާ މި މަހުގެ 16 ވަނަ ދުވަހު ފަތިހުގެ ވަގުތެއްގައި އައްޑޫސިޓީ ފޭދޫގެ މަސްޖިދުލް އަމާނީ އާއި މަސްޖިދުލް ނަޞްރިއަށް ވަދެ އެތަންތަނުގެ ޙުރުމަތް ވަނީ ކަނޑާފައެވެ. އެގޮތުން މިސްކިތް ތެރެއަށް ބޮޑުކަމު ގޮސް، މިސްކިތުގައި ހުރި ޚަތިމްތައް ވަނީ އުކާލާފައެވެ.
މި މުޑުދާރު ޢަމަލު ހިންގި މީހާ ބޮޑުކަމުގޮސްފައި ހުރީ މިސްކިތުގެ އިމާމް ނަމާދު ކުރަން ހާއްސަ ތަނަށެވެ. ބޮޑު ކަމު ދިއުމަށް ފަހު، ނަޖިސް މަތީގައި ވަނީ މުސައްލަ ބާއްވާފައެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މިޢަމަލު ހިންގި މީހާގެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވައި ދެއްވުމަށް އައްޑޫ ޕޮލިސް ސްޓޭޝަނަށް ހުށައެޅި ކަމަށެވެ. އަދި މިފަދަ ޢަމަލުތައް ތަކުރާރު ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު