ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްގީކޮށްފައިވާ އައު ވީއައިޕީ ޓަރމިނަލް ބޭނުންކުރަން ފަށައިފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި 4 ބުރިއަށް ވީއައިޕީ ޓަރމިނަލް ތަރައްގީކުރުމުގެ މަސައްކަތް 2018 ވަނަ އަހަރު ފެށީ މިހާރު ބޭނުންކުރާ ވީ.އައި.ޕީ ލައުންޖަކީ ޖާގައިގެގޮތުން އެހާ ތަނަވަސް ތަނަކަށްނުވުމުންނެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެ އަންނަ ބޭރުގެ މުއްސަނދި ފަތުރުވެރިންނާއި، މަޝްހޫރު ސެލެބްރިޓީންނާއި، ޢިއްޒަތްތެރިންނަށް ބޭނުންވާ ޕްރައިވެސީ އެންމެ ފުރިހަމަ ގޮތުގައެއް އެލައުންޖުން ނުލިބޭކަމުގެ ޝަކުވާ އޮންނަނީ ބޮޑުވެފައެވެ.
އެމްއޭސީއެލުން އަލަށް ތަރައްޤީކުރި ވީ.އައި.ޕީ ޓަރމިނަލަކީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރި ތަނެކެވެ. އެމްއޭސީއެލުން މިއަދު ވަނީ ވީއައިޕީ ޓާމިނަލްގެ ފުރަތަމަ ފިޔަވަހި ހުޅުވާފައެވެ.
ވީއައިއޭގެ ތަރައްގީއާ ގުޅޭ ގިނަ މަސައްކަތްތައް ކުރާ ޗައިނާގެ ބީޔޫސީޖީ ކުންފުނިން ހެދި އާ ވީއައިޕީ / ސީއައިޕީ ޓާމިނަލުން ފުރަތަމަ ހިދުމަތްދޭ ބޭރުގެ އިތްޒަތްތެރިޔަކީ ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި މިނިސްޓަރު އޮފް ފޮރިން އެފެއާޒް ވާންގް ޔީ އެވެ. އެމަނިކުފާނު މިއަދު ރާއްޖެ ވަޑައިގަންނަވާނެއެވެ.
ވީއައިއޭގައި އާ ވީއައިޕީ އިމާރާތް ހެދީ މިހާރު ވެސް އެއާޕޯޓުގައި ހުރި ވީއައިޕީ އިމާރާތުގެ ފަހަތުގަ އެވެ. މަސައްކަތް ކުރަނީ އެއާޕޯޓުގެ ގިނަ މަސައްކަތް ތަކެއް ކުރާ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ.
އައު ވީއައިޕީ ޓަރމިނަލް ބޭނުންކުރަން ފެށުމާއެކު ކުރީގެ ޓާމިނަލް ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން އެމްއޭސީއެލުން އޮތީ ނިންމާފައެވެ. ހަތަރު ބުރިއަށް ހަދާފައިވާ ވީއައިޕީ ޓާމިނަލްގައި ގައުމުގެތަކުގެ ހެޑް އޮފް ސްޓޭޓުން ފެންވަރުގެ ބޭފުޅުންނަށް ހިދުމަތް ދޭން ހާއްސަ ބައެއް ހަދާފައިވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުޅި އެއަރޕޯޓް ތަރައްގީކުރުމަށް ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ މަޝްރޫއެއް ވަނީ ފަށާފައެވެ.
މި މަޝްރޫއުގެ ދަށުން ވީއައިއޭގައި 3،400 މީޓަރު ދިގު އައު ރަންވޭއެއް ވަނީ ހަދާފަ އެވެ. އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު، 5.7 ބިލިއަން ރުފިޔާ އަށް އަރައެވެ. އަދި ސައޫދީ ބިންލާދިން ކުންފުންޏަށް އާ ޕެސެންޖަރު ޓާމިނަލް އަޅަން ވަނީ ހަވާލުކޮށްފައެވެ. މީގެއިތުރުން ކާގޯ ޓާމިނަލާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތްވެސް ވަނީ ގާތްގަނޑަކަށް ނިންމިފައެވެ.
ވީއައިއޭގައި މުޅިން އަލަށް ސީޕްލޭން ޓާމިނަލެއް ވެސް އަޅާފައިވެއެވެ. ނަމަވެސް އެތަން ނިމުނުތާ ދެ އަހަރުވެފައިވާއިރު އެތަން ބޭނުން ކުރަން ފެށޭވަރެއް ނުވެއެވެ. މީގެއިތުރުން އެންމެ ބޮޑެތި މަތިންދާބޯޓުތަކަށް ޖެއްސޭ ފެންވަރަށް ތަރައްގީކުރި އައު ރަންވޭވެސް އަދި އޮތީ ބޭނުންކުރަން ނުފަށައެވެ.

ކިޔުންތެރިންގެ ހިޔާލު