ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް
ރައީސް ޔާމިން ޖަލުގައި ބޭންދުމާއި ދެކޮޅަށް ރައީސް ނަޝީދު ވިދާޅުވި ބަސްފުޅާއެކު އިދިކޮޅުގެ ލީޑަރޝިޕްގެ މައިތަނބުތައް ރައީސް ނަޝީދުގެ ކޮޅަށް ލެނބި އެމްޑީޕީގެ ސިޔާސަތުތައް ސަރުކާރުން ތަންފީޒު ކުރާކަމާއިމެދުވެސް ސުވާލު އުފައްދަން ފަށައިފިއެވެ.

ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތާޢީދު ކުރައްވައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވަނީ ރައީސް ނަޝީދުގެ ފޮޓޯފުޅު ދައްކައިގެން އައި ވެރިކަމުން އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރަމުން ގެންދޭތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

އެމްޑީޕީ ވެރިކަމަށް އައީ ޚިޔާނާތުގެ މައްސަލަތަކާއި، ގޮތް ނޭންގޭ މަރުތަކުގެ މައްސަލަ ބެލުމަށް ކަމަށާއި، ނަމަވެސް އެކަންކުރުމުގައި ސަރުކާރުން ފަސްޖެހިފައިވާ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ޝިޔާމް ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައީ ރައީސް ނަޝީދުގެ ފޮޓޯފުޅު ދައްކައިގެން މެނިފެސްޓޯއަކާއި، ސިޔާސަތުތަކެއް ވިއްކައިގެން ކަމަށެވެ. އަދި އޭގެ ތެރެއިންވެސް އެންމެ ބާރަށް ދެއްކީ ވައްކަމާ އަނިޔާވެރިކަމާ އިންސާފުގެ ވާހަކަ ކަމަށެވެ.

"މިއަދު އަޅުގަނޑު އެމްޑީޕީގެ ލޮބުވެތި މެމްބަރުންނާ ކޮށްލަން ބޭނުންވާ ސުވާލަކީ އެމްޑީޕީގެ ސިޔާސަތުތައް މި ވެރިކަމުގައި އެބަ ތަންފީޒުކުރެވޭތޯ؟" އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގެންނެވީ ވައްކަމާ ޚިޔާނަތް ބަލައި އިންސާފު ގާއިމްކޮށްދީ އެކަންކަމުގައި ބައިވެރިވި މީހުންނަށް ހައްގު އަދަބުދެއްވާނެ ކަމުގެ ވައުދުވެވަޑައިގެންނެވެ. އެހެން ނަމަވެސް ރައީސް ޞާލިޙްގެ ސަރުކާރަށް ދޮޅުއަހަރުވެގެންދާއިރު ދައުލަތުގެ ހުރިހާ ބާރެއްގެ ކޮންޓްރޯލް އޮވެމެ އެމައްސަލަތަކުގެ ތަހުގީގު އެކަށީގެންވާ މިންވަރަކަށް ކުރިއަށް ނުދާތީ ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަދި އެމްޑީޕީގެ ސިޔާސަތުތައް މިވެރިކަމުގައި ތަންފީޒު ކުރެވެމުން ނުދާކަން ފެށުނީއްސުރެ އެމްޑީޕީގެ ޙަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުނު ޕާޓީގެ މެމްބަރުން ގެންދަނީ ފާހަގަ ކުރަމުންނެވެ. އޭގެ ބަދަލުގައި މި ވެރިކަމުގައި ފެނިގެން ދަނީ އެމްޑީޕީގެ އަސްލު މެމްބަރުން ބާކީކޮށް، 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށް އެންމެ އިސްސަފުގައި އުޅުނު މީހުން ގާތް ކުރަމުންދާ މަންޒަރުކަމަށް އެމްޑީޕީއަށްޓަކާ ޤުރުބާންވި ރައްޔިތުން ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


4

ފިކުރީބެ

24-May-2020

އަޅެ މިހާރު ހާދަވަރަކަށް ރައީސް ނަޝީދުވަނީ ކުރިން ދުވަހަކު ވެސް ތިމީހުން ނުކިޔާ ފޮޓޯފުޅެއް ބޮހަލާކު


5

ޔަުސުފް

24-May-2020

ގައިމުވެސް މިވަރަށް ވައްކަން ކުރި ސަރުކާރެއް އަދި ނާދޭ ދެ އަހަރުގެ ބަޖެޓް އެކި ނަންނަމުގަ އެކި ރައްޓެހިން މެދުވެރިކޮށް ނަގައި ހުސްކޮށްފި. ބުނެވޭ ގޮތުގަ އެމްއެމްޕީއާރްސީ ގެ ފައިސާ ލިބުނު ބޮޑުން ތިބީ މި ސަރުކާރާއި މަޖިލީހުގަޔޯ


4

ޙަސަން

24-May-2020

ކޮންމެ ބޭފުޅަކު ވިދާޅުވި ނަމަވެސް މިއީ ވަރަން ބޮޑު ތެދެން



ޓްރެންޑިން