ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޕްރިންސިޕަލެއް ނެތުމުން އެސްކޫލްގެ ބެލެނިވެރިން މިއަދު އިޙްތިޖާޖް ކޮށްފިއެވެ.
ފުރަތަމަ ޓާރމްގެ ބަންދަށް ލިބުނު 21 ދުވަހަށްފަހު ސްކޫލްތަކުގެ ދެ ވަނަ ޓާމްގެ ކިޔެވުން މިއަދު ހެނދުނު 6:45 ގައި ފަށާފައިވާއިރު ޅ. އަތޮޅު ތަޢުލީމީ މަރުކަޒު ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕްރިންސިޕަލް ވަނީ ޅ. ނައިފަރުގައި ހުންނަ މަދަރުސަތުލް އިފްތިތާޙަށް ބަދަލު ކޮށްފައެވެ. އެހެންކަމުން މިއަދު ހިންނަވަރުގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔެވުން ފަށާފައިވަނީ ދާއިމީ ޕްރިންސިޕަލެއް ނެތިއެވެ.
އެކަމާ ގުޅިގެން ހިންނަވަރު ސްކޫލްގެ ބެލެނިވެރިން ސްކޫލު ކައިިރިއަށް އެއްވެ މިއަދު ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. އެ ގޮތުން ޕްރިންސިޕަލެއް ނެތި ސްކޫލު ހުޅުވުމާއި ދެކޮޅު ކަމަށާއި, ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މަތީ ސާނަވީއަށް ކިޔަވައި ނުދިނުމުގެ ހިތްހަމަނުޖެހުމާއި, ސްކޫލްގެ ހިންގުން ހަރުދަނާ ކުރުމަށްވެސް ބެލެނިވެރިން ވަނީ ގޮވާލާފައެވެ.
"ހުސްކޮށް އޮތް ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމް އިޢުލާނުކޮށް މަޤާމުތަކަށް މީހުން ޢައްޔަނުކުރުން އަވަސްކުރޭ." އެއްވުމުގައި ބޭނުންކުރި ޕޯސްޓަރެއްގައި ވެއެވެ.
ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޕްރިންސިޕަލެއް ނެތުމާ ގުޅޭގޮތުން ތަޢުލީމާބެހޭ ވުޒާރާއިން ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
މިއަދު ރާއްޖޭގައި ސްކޫލްތަކުގެ ދެވަނަ ސެމިސްޓަރގެ ކިޔެވުން ފަށާފައިވާއިރު ތަޢުލީމީ ވުޒާރާއިން އަންގާފައި ވަނީ ސްކޫލްގެ ހުރިހާ ހަރަކާތްތަކެއްގައިވެސް ގައި ދުރުކަން ދެމެހެއްޓުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކިޔެވުން ކުރިއަށް ގެންދިއުމަށެވެ. ހަމައެއާއެކު ސްކޫލުގެ ކިޔަވައިދޭ ދަންފަޅި ކުރުކުރުމަށާއި މާސްކު ނަގައިގެން ހިންގަންޖެހޭ އެއްވެސް ހަރަކާތެއް ސްކޫލްގައި ނުހިންގުމަށް އަންގަވާފައިވެއެވެ.
އޭގެއިތުރުން ވަކި ސްކޫލްތަކުގެ ކިޔަވައިދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތް ސްކޫލްތަކުން ބެލެނިވެރިންނާއި ހިއްސާ ކުރަންވާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޅ. ހިންނަވަރު ސްކޫލްގައި ޕްރިންސިޕަލެއް ނެތި ސްކޫލް ހުޅުވުމާއި ދެކޮޅަށް ކުރިއަށްދާ މުޒާހަރާ pic.twitter.com/4tJOQPBFWc
— 🇵🇸مريم 🇲🇻 (@Nannaxeev) January 16, 2022
ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޕްރިންސިޕަލެއް ނެތުމާ ގުޅޭގޮތުން ތަޢުލީމާބެހޭ ވުޒާރާއިން ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
މިއަދު ރާއްޖޭގައި ސްކޫލްތަކުގެ ދެވަނަ ސެމިސްޓަރގެ ކިޔެވުން ފަށާފައިވާއިރު ތަޢުލީމީ ވުޒާރާއިން އަންގާފައި ވަނީ ސްކޫލްގެ ހުރިހާ ހަރަކާތްތަކެއްގައިވެސް ގައި ދުރުކަން ދެމެހެއްޓުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކިޔެވުން ކުރިއަށް ގެންދިއުމަށެވެ. ހަމައެއާއެކު ސްކޫލުގެ ކިޔަވައިދޭ ދަންފަޅި ކުރުކުރުމަށާއި މާސްކު ނަގައިގެން ހިންގަންޖެހޭ އެއްވެސް ހަރަކާތެއް ސްކޫލްގައި ނުހިންގުމަށް އަންގަވާފައިވެއެވެ.
އޭގެއިތުރުން ވަކި ސްކޫލްތަކުގެ ކިޔަވައިދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތް ސްކޫލްތަކުން ބެލެނިވެރިންނާއި ހިއްސާ ކުރަންވާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު