އަހުމަދު ޝާހް   21 ޖެނުއަރީ 2022 - 14:30
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް
އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ބުނީ މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ ފާއިތުވި 7 އަހަރު ތެލުގެ އަގު ބޮޑުނުވާ މިންވަރަށް ބޮޑުވެފައިވާކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން ތެޔޮ ލިބޭނެ އަގުތަކަކީ ޕެޓްރޯލް ލީޓަރެއް 12.06 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 12.44 ރުފިޔާ އަށެވެ.





އެސްޓީއޯއިން އެންމެފަހުން ތެލުގެ އަގު ބޮޑުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު އެވެ. އެފަހަރު އަގަށް ގެނައި ބަދަލާއެކު، ޕެޓްރޯލް ލީޑޓަރެއް ވިއްކަމުން ދިޔައީ 11.16 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޑަރެއް ވިއްކަމުން ދިޔައީ 11.84 ރުފިޔާ އަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން