ޑުބާއީ އީކޮމާސިޓީގެ ކުރެހުމެއް
ޑުބާއީ އީކޮމާސިޓީގެ ކުރެހުމެއް
ދުބާއީގައި އޮންލައިން ވިޔަފާރިއަށް ޚާއްޞަ އީކޮމާރސް ޓްރޭޑް ޒޯނެއް ކަނޑައަޅައި ތަރައްގީ ކުރަން ފަށައިފިއެވެ.

ޑުބާއީ ކޮމާސިޓީގެ ނަމުގައި އޮންލައިން ވިޔަފާރިއަށް ޚާއްޞަ ސިޓީއަށް އުފައްދަން ނިންމާފައިވާއިރު، ކޯވިޑް-19 އާއި ގުޅިގެން އަންމު ވިޔަފާރިތައް ބަންދު ކުރުމާއެކު ގިނަ ބަޔަކު ވަނީ އޮންލައިން ވިޔަފާރިތަކަށް ވަރަށް ބޮޑަށް ބަރޯސާވެފައެވެ. އަދި މި ބަލިމަޑުކަމާއެކު އޮންލައިން ވިޔަފާރި ތަކަށް ވަރަށް ބޮޑަށް ތަރުހީބު ލިބި އެފަދަ ވިޔަފާރިތައް އިތުރު މަރުހަލައަކަށް ފުޅާ ކުރަން ވެސް ޖެހުނެވެ.

870 މިލިއަން ޑޮލަރުގެ ހޭދަކޮށްގެން ތަރައްގީ ކުރެވޭ ޑުބާއީ ކޮމާސިޓީ ހަދަނީ ދުބާއީ އިންޓަރނޭޝަނަލް އެއަރޕޯޓު ކައިރީގައެވެ. ޑުބާއީ ކޮމާސިޓީ ތަރައްގީ ކުރަނީ ދުބާއީ އެއަރޕޯޓް ފްރީޒޯން އޮތޯރިޓީއާއި ޕްރޮޕަޓީ ފާމްއެއް ކަމަށްވާ ވަސަލްއާއި ގުޅިގެންނެވެ.

ޑުބާއީ ކޮމާސިޓީ ތަރައްގީ ކުރެވޭއިރު ވިޔަފާރިތަކަށާއި އޮފީސް އިމާރާތް ނުވަޔަ ހިންގުމާއި އިޖުތިމާޢީ ކަންކަމަށް ބޭނުންވާ ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަން ވެސް އެސިޓީގައި ގާއިމު ކުރެވޭނެއެވެ. މީގެއިތިރުން ޑުބާއީ ސިޓީގައި ވިޔަފާރި ކުރާ ފަރާތްތަކުން އިންކަމް ޓެކްސް ނުވަތަ ކޯޕަރޭޓް ޓެކްސް ދައްކާކަށް ވެސް ނުޖެހޭނެއެވެ.

ކޯވިޑް-19 ގެ ކުރިންވެސް ގިނަބައެއްގެ ސަމާލުކަން ލިބެމުންދިޔަ އޮންލައިން ޝޮޕިންގެ ވިޔަފާރިތަކަށް މިއަދު އިތުރު ބޭނުން ޖެހިފައިވަނީ ކޯވިޑް-19 އާ ގުޅިގެން ގިނަބަޔަކު ގޭގައި ތިބެންޖެހުމާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން