ދިވެހިރާއްޖެ އިތުރަށް ފަހަތަށް ފޮނުވާލަން ފުރުސަތު ދޭނެ ވަގުތެއް ނެތްކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު، މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާނެކަން އިޢުލާން ކުރަށްވާފައިވާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު މިހެން ވިދާޅުވީ މި ސަރުކާރުގެ ރިޔާސީ ވައުދު ތަކުގެ ތެރޭގައި ހިމެނޭ މިިނިމަމް ވޭޖް ސަރުކާރުން ދޭން ފެށުމުން މުސާރައަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ހާމަކޮށް ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު ޝޯޝަލް މީޑިޔާގައި ހާމަކުރުމާއި ގުޅިގެންނެވެެ.
މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިނިމަމް ވޭޖް ސަރުކާރުން ދޭން ފަށާފައިވާއިރު މިނިިމަމް ވޭޖާއެކު ރިސޯޓްގައި މަސައްކަތް ކުރާ އެ މުވައްޒަފުގެ މުސާރަ ވަނީ 325 ޑޮލަރުން 519 ޑޮލަރަށް ބޮޑުވެފައެވެ. އޭނާ ވަނީ އެކަން ހާމަކޮށް މުސާރައަށް އައި ބަދަލުގެ ތަފުސީލު ހިމެނޭ ލިއުންތައް ވެސް މީސް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި އެކަމަށްޓަކާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައި ވެސް ވެއެވެ.
އެކަމާ ގުޅިގެން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ އެމްޑީޕީން ވެރިކަން ކުރަނީ ރައްޔިތުންގެ ފަރާތުން ރައްޔިތުންނާއި އެކީގައި ކަމަށާއި ދެން ރާއްޖެ ފަހަތަށް ފޮނުވާލަން ފުރުސަތު ދޭނެ ވަގުތެެއް ނެތް ކަމަށެވެ.
އަމްރު ވިދާޅުވީ ޓެކްސްގެ ސިޔާސަތާއި ލޯކަލް ޓޫރިޒަމްގެ ސިޔާސަތާއި އަދި އިޖްތިމާއީ ރައްކާތެރިކަމުގެ ސިޔާސަތުގެ އިތުރުން މިނިމަމް ވޭޖްގެ ސިޔާސަތަކީ އެމްޑީޕީގެ ސިޔާސަތުތަކެއް ކަމަށާއި، މިހާރު ތަންފީޒު ކުރަމުން ގެންދާ އެމްޑީޕީގެ އެ ސިޔާސަތުތައް މީގެ ދިހަ އަހަރު ކުރިން ތަންފީޒު ކުރިނަމަ ރައްޔިތުން މިއަދު ތިބޭނީ ތަނަވަސް ހިތްހަމަޖެހޭ ދިރިއުޅުމެއްގައި ކަމަށް އަމްރު ވިދާޅުވިއެވެ.
އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި "ވިއްކި" މެނިފެސްޓޯ ލިޔުއްވި އަމްރު އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދެވޭނީ އަޒުމަކާއި ފިކުރަކާއި ސިޔާސަތެއް އޮވެގެން ކަމަށެވެ. ރައްޔިތުންގެ މުޅި ދިރިއުޅުން އެމްޑީޕީގެ ސިޔާސަތުތަކުން ބަދަލުކޮށްލާފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު މިހެން ވިދާޅުވެފައިވާއިރު ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ވިއްކި މެނިފެސްޓޯގައި ހިމެނޭ މައިގަނޑު މުހިންމު މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. އޭގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައެޅުމާއި ލޯކަލް ޓޫރިޒަމް ފަދަ މުހިއްމު ވައުދުތައް ހިމެނެއެވެ.

Room boy akah ulhey thaa 16 aharu vejje.
— Tholhath (@AbdullaTholhath) January 28, 2022
Basic salary ah 325 USD libi libi huttaa mi sarukaarun Minimum wage thanfeezu kuran feshumaai eku basic salary 519 ah badhalu vejje.
Raees @ibusolih ge sarukaarah varah bodah Shukuriyya#MinimumWage pic.twitter.com/wjzSP3zAGy
އަމްރު ވިދާޅުވީ ޓެކްސްގެ ސިޔާސަތާއި ލޯކަލް ޓޫރިޒަމްގެ ސިޔާސަތާއި އަދި އިޖްތިމާއީ ރައްކާތެރިކަމުގެ ސިޔާސަތުގެ އިތުރުން މިނިމަމް ވޭޖްގެ ސިޔާސަތަކީ އެމްޑީޕީގެ ސިޔާސަތުތަކެއް ކަމަށާއި، މިހާރު ތަންފީޒު ކުރަމުން ގެންދާ އެމްޑީޕީގެ އެ ސިޔާސަތުތައް މީގެ ދިހަ އަހަރު ކުރިން ތަންފީޒު ކުރިނަމަ ރައްޔިތުން މިއަދު ތިބޭނީ ތަނަވަސް ހިތްހަމަޖެހޭ ދިރިއުޅުމެއްގައި ކަމަށް އަމްރު ވިދާޅުވިއެވެ.
އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި "ވިއްކި" މެނިފެސްޓޯ ލިޔުއްވި އަމްރު އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދެވޭނީ އަޒުމަކާއި ފިކުރަކާއި ސިޔާސަތެއް އޮވެގެން ކަމަށެވެ. ރައްޔިތުންގެ މުޅި ދިރިއުޅުން އެމްޑީޕީގެ ސިޔާސަތުތަކުން ބަދަލުކޮށްލާފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު މިހެން ވިދާޅުވެފައިވާއިރު ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ވިއްކި މެނިފެސްޓޯގައި ހިމެނޭ މައިގަނޑު މުހިންމު މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. އޭގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައެޅުމާއި ލޯކަލް ޓޫރިޒަމް ފަދަ މުހިއްމު ވައުދުތައް ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު