އަނިޔާވެރިކަމުން ދެމެހެއްޓުނު ވެރިކަމެއް ނެތް ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު މީސްމީޑިއާގައި މާނަފުން މެސެޖެއް ޙިއްސާ ކުރަށްވައިފިއެވެ.
މަހާޒް މިހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރުގެ މައްސަލަތަކެއް އޭސީސީން ބަލަމުންދާ ކަމަށް ބުނެ އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރިތާ 6 މަސް ފަހުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިގެން ފަނޑިޔާރުންގެ ތަހުގީގު ބަޔާންތައް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭސީސީ އަށް ފޮނުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން މަހާޒް މީސްމީޑިއާގައި ވިދާޅުވެފައިވަނީ، މިއީ އަނިޔާވެރިންގެ އަނިޔާ ކަމަށާއި އަނިޔާވެރިކަމުން ދެމެހެއްޓުނު ވެރިކަމެއް ނެތް ކަމަށެވެ. އަދި ކޮންމެ ވެރިކަމެއްގެ "ދަޅު ފުލުގައި" މުއްދަތު ހަމަވާ ތާރީޚު އޮންނާނެ ކަމަށްވެސް މަހާޒް ވަނީ ވިދާޅުވެފައެވެ.
މަހާޒް މިހެން ވިދާޅުވެފައިވާއިރު، ޖޭއެސްސީއަށް ޑރ. އަޒްމިރަލްދާ އާއި އުސްތާޛު މަހާޒް ދެއްވާފައިވާ ބަޔާންތައް ހޯދުމަށް އޭސީސީން އެދިފައިވަނީ މި ދެ ފަނޑިޔާރުން މަޤާމުން ވަކިކުރިތާ 6 މަސް ފަހުންނެވެ. އޭސީސީގެ މިއެންގުމާ ގުޅިގެން ޖޭއެސްސީގެ ބައެއް މެންބަރުންގެ މެދުގައި އެކަމާ މެދު ޚިޔާލު ތަފާތުވީ ނަމަވެސް، އެ ބަޔާންތައް އޭސީސީއަށް މިހާރު ފޮނުވާފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ޖޭއެސްސީގެ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވީ، އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ފަނޑިޔާރުން ވަކިކުރުމަށް ފަހު، އޭސީސީން ޖޭއެސްސީގެ ބަޔާންތައް ހޯދަން އެދުމުންނެވެ. އުސްތާޛު މަހާޒާއި، ޑރ. އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކުރީ އޭސީސީން އެ ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް ބުނެ ކަމަށްވީ ނަމަވެސް މިހާތަނަށް އެއިން ފަނޑިޔާރަކާ އޭސީސީން ސުވާލެއް ކޮށްފައެއް ނުވެއެވެ.
އޭސީސީން ޖިނާއީ މައްސަލަތަކެއް ބަލަމުންދާކަމަށް ބުނެ ޖޭއެސްސީން ޑރ. އަޒްމިރަލްދާ އާއި، އުސްތާޛު މަހާޒްގެ އިތުރުން އޭރުގެ ފަނޑިޔާރު އުސްތާޛު ހުސްނުއްސުއޫދު ކުއްލި ގޮތަކަށް ސަސްޕެންޑުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 26 ގައެެވެ. އެ ތިން ފަނޑިޔާރުންވެސް ސަސްޕެންޑުކުރީ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފައި އޮތް މައްސަލަ ބަލަން ނިންމާފައި ވަނިކޮށެވެ.
އަދި އޭސީސީގެ ސިޓީއާއި ޙަވާލާދީ، އެ ބޭފުޅުންގެ ސުލޫކީ މައްސަލަތަކެއް ސާބިތުވާކަމަށް ނިންމައި ޖޭއެސްސީން ޑރ. އަޒްމިރަލްދާ އާއި އުސްތާޛު މަހާޒު ފަނޑިޔާރުކަމުން ވަކިކުރަން މިދިޔަ މެއި މަހު ނިންމިއެވެ. އަދި ދެ ބޭފުޅުންނަށް ވެސް ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތެއް ނުދީ، މަޖިލީހުން އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރީ މިދިޔަ މެއި މަހުގެ 14 ގައެވެ.

ކިޔުންތެރިންގެ ހިޔާލު