ޢުމުރުން އެންމެ ތިން އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ސާބިތުވެ، ހއ. ހޯރަފުށީ މީހަކު 20 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ހއ. ހޯރަފުށި، ހުދުހުދާގެ، މުޙައްމަދު ނާއިޝް އާދަމްގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއެވެ. އެގޮތުން ޖޫން 2025 އިން ފެށިގެން އެކި ދުވަސްމަތިން ތިން އަހަރުގެ ކުޑަކުއްޖަކަށް ނާއިޝް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ދަޢުވާގައިވެއެވެ. މި މައްސަލަ ޝަރީޢަތަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު 14 ގައެވެ.
މި މައްސަލަ ބެލުމަށްފަހު، ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން 20 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅާފައެވެ.
ނަމަވެސް، ޝަރީޢަތް ނިމެންދެން ބަންދުގައި އޭނާ ހުރި މުއްދަތު އުނިކުރުމަށްފަހު، ޖަލުގައި އޭނާ ތަންފީޒުކުރަން ޖެހޭނީ 18 އަހަރާއި، ހަތް މަހާއި 28 ދުވަހުގެ ޖަލު އަދަބެއް ކަމަށް ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު