މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމް
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމް
ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ނަމަވެސް، ރާއްޖޭގައި އިތުރު ހަ އެއާޕޯޓް މި ސަރުކާރުން އަޅާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ހަ ރަށެއްގައި އެއާޕޯޓް ހަދާނެ ބަޔަކު ހޯދުމަށް މިއަހަރުގެ ފެބްރުއަރީމަހު ކުރި އިއުލާނާ ގުޅިގެން، އެއާޕޯޓް ހެދުމަށް ޕްރޮޕޯސަލްތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެގްރީމެންޓަކާ ހަމައަށް އެކަން ގޮސްފައިނުވާކަމަށް އަސްލަމް ވިދާޅުވިއެވެ.

އަފީފުގެ ސުވާލުގައި ފ. މަގޫދޫގައި ހަދާ އެއާޕޯޓުގެ މަސައްކަތާއި، ތ. ވިލުފުށީ އެއާޕޯޓުގެ ވާހަކަ ފާހަގަ ކުރައްްވާފައިވާތީ، މިނިސްޓަރު އަސްލަމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މަގޫދޫ އެއާޕޯޓާއެކު މިއަހަރުގެ ތެރޭގައި ދެ އެއާޕޯޓު ހުޅުވުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެއްމޮޑެލެއް ފެއިލްވެއްޖެނަމަ، އަނެއް މޮޑެލަށް ގެންގޮސްގެން ނަމަވެސް، އިއުލާންކޮށްފަިއވާ ހަ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދާ ޕްރޮސެސްގެ ތެރެއިން އެކަން ނުވެއްޖެނަމަ ސަރުކާރު ބަޖެޓުންވެސް އެކަން ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން 6 ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީކުރުމަށް ޕްލޭނިން މިނިސްޓްރީން މިހާރު ވަނީ އިޢުލާނުކޮށްފައެވެ. މި މޮޑެލްގެ ދަށުން އެއާޕޯޓް އެޅުމުގެ އިތުރުން އެއަރޕޯޓް އެޅުމަށް ފައިނޭންސްވެސް ކުރެވޭނެއެވެ. އެގޮތުން އެއަރޕޯޓް ތަރައްޤީ ކުރުމަށް މަދުވެގެން ހުށަހެޅޭނީ 3 މިލިއަން ޑޮލަރެވެ.

އެގޮތުން އެއާޕޯޓް އެޅުމަށް އިޢުލާނު ކޮށްފައިވާ ރަށްތަކަކީ ހދ. މަކުނުދޫ އެއާޕޯޓަށް 23.3 މިލިއަން ޑޮލަރު، ށ. ބިލަތްފަހި އެއާޕޯޓަށް 23.6 މިލިއަން ޑޮލަރު، ބ. ތުޅާދޫ އެއާޕޯޓަށް 21.9 މިލިއަން ޑޮލަރު، ތ. ވިލުފުށި އެއާޕޯޓަށް 33.3 މިލިއަން ޑޮލަރު، ފ. މަގޫދޫ އެއާޕޯޓަށް 8.2 މިލިއަން ޑޮލަރު އަދި ރ. އަތޮޅު ދެކުނު ބިތުގައި އަޅާ އެއާޕޯޓަށް 23.6 މިލިއަން ޑޮލަރެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ތަރައްޤީ ލާމަރުކަޒު ކުރުމުގެ ނާރެހަކީ ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅައިލުން ކަމަށެވެ. އެގޮތުން އިތުރު 5 އެއަރޕޯޓެއް ޤާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން