ގިނައިން ކެއުމަކީ ރަސޫލާގެ ސުންނަތާއި ޚިލާފުކަމެއްކަމަށް އައްޝައިޚް ހަސަން ލަތީފް މޫސާ ވިދާޅުވެއްޖެއެވެ.
ޝައިޚް މިހެން ވިދާޅުވީ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ބާއްވާ އިޙްޔާ ފޯރަމްތަކުގެ ދެވަނަ ފޯރަމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
"ރޯދައިން ލިބޭ އަޚްލާޤާއި ސުލޫކުގެ ފިލާވަޅުތައް" މި މަޢުޟޫއަށް ރޭގެ ފޯރަމްގައި ވާހަކަދައްކަވަމުން ޝައިޚް ހަސަން ލަތީފް މޫސާ ވިދާޅުވީ ގިނައިން ކެއުމަކީ ރަސޫލާގެ ސުންނަތާއި ޚިލާފުކަމެއްކަމަށެވެ. އަދި ރޯދައަށް ހުރުމަށްފަހު ގިނައިން ކެއުމުގެ ސަބަބުން ދިމާވާ އެކިއެކި ކަންކަމުގެ މައްޗަށް ޝެއިޚް އަލިއަޅުއްވާ ލެއްވިއެވެ.
ޝެއިޚް ވިދާޅުވީ ރޭގަނޑު އަވަހަށް ނިދަން ޖެހޭކަން ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދުދެއްވާފައިވާކަމަށެވެ. އަދި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކުރެވިދާނެ ބައެއްކަންތަކުގެ މައްޗަށްވެސް ބައްލަވާލައްވާ ޚާއްސަކޮށް މިކަމަށް ޒުވާނުން ވިސްނަންޖެހޭކަން އައްޝައިޚް ހަސަން ލަތީފް މޫސާ ވަނީ ފާހަގަކުރައްވާފައެވެ.
ރޭގެ ފޯރަމްގައި ޝެއިޚް ވިދާޅުވީ ނިންޖަކީ މާތްﷲގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެއްކެއްކަމަށެވެ. އެގޮތުން ނިދުމުގެ އާދަ މެދުމިނުގައި ގެންގުޅުމުގެ މުހިންމުކަމާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ޝައިޚްވަނީ އިންސާނުންގެ ކިބައިގައި ނިދީގެ ނިޒާމް މާތްﷲ ލައްވަވާފައިވާ ގޮތާއިބެހޭ ގޮތުން ވަރަށް ތަފްސީލީ ގޮތެއްގައި މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
އަދި އަރާމު ނިންޖަކަށް ބޭނުންވާ ކަންތައްތަކަކީ ކޮބައިކަމާއި އިންސާނާގެ ނިދި ފުރިހަމަކުރުމަށް ބޭނުންވަނީ ކިތައް ގަޑިއިރުކަމާއި ފުރިހަމަ ނިދި ލިބިގަތުމާއިއެކު ދަމުނަމާދު ލިބިގަތުމަށްޓަކައި ނިދުން އެންމެ ރަނގަޅު ވަގުތުތައްވަނީ ޕްރެޒެންޓޭޝަންގެ އެހީގައި ކިޔައިދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު